މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި 4،700 މައްސަލަ ނުނިމި އެބައޮތް ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތައް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
10 ފެބުރުއަރީ 2025
މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓުގައި 4،700 މައްސަލަ ނުނިމި އެބައޮތް ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތައް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ސިވިލް ކޯޓުން ވަނީ އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފަ އެވެ.
ސިވިލް ކޯޓުން ބުނީ މިދިޔަ އަހަރު ނިމުނުއިރު، ނުނިމި ހުރި ޖުމްލަ 4،759 މައްސަލަ ނުވަތަ ގަޒިއްޔާގެ ތެރެއިން 2،368 ގަޒިއްޔާ އަކީ ހުކުމް ތަންފީޒުކުރުމުގެ ގަޒިއްޔާތައް ކަމަށެވެ. އިހުތިލާފު އޮންނަ ބާވަތުގެ 2،047 ދައުވާ ނުނިމި އޮތް ކަމަށާއި އިހުތިލާފެއް ނެތް ބާވަތުގެ 344 މައްސަލަ ނުނިމި އޮތް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
އޭގެ ތެރޭގައި، މިދިޔަ އަހަރު ރަޖިސްޓަރީ ކުރި ގަޒިއްޔާތަކުގެ ތެރެއިން 2،449 ގަޒިއްޔާ ހިމެނޭ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ސިވިލް ކޯޓުން ބުނި ގޮތުގައި، މިދިޔަ އަހަރު އެ ކޯޓުގައި ޖުމްލަ 5،142 ގަޒިއްޔާ ރަޖިސްޓްރީކޮށްފައިވެ އެވެ. އެއީ 2023 ވަނަ އަހަރު ރަޖިސްޓްރީކުރި ގަޒިއްޔާތަކަށް ވުރެ 12.96 ޕަސެންޓް އިތުރު އަދަދެކެވެ.
ސިވިލް ކޯޓާއި އެ ކޯޓުގެ ހުޅުމާލެ ޑިވިޝަނުން މިދިޔަ އަހަރު ޖުމްލަ 5،432 ގަޒިއްޔާ ނިމިފައިވާއިރު، އެއީ 2023 ވަނަ އަހަރަށް ވުރެ 17.57 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ކޯޓުން ބުންޏެވެ.
އެ ކޯޓުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އިހުތިލާފު އޮންނަ ބާވަތުގެ 3،268 ދައުވާގައި މިދިޔަ އަހަރު ވަނީ ހުކުމް ކޮށްފަ އެވެ. އިހުތިލާފެއް ނެތް ބާވަތުގެ 621 މައްސަލައެއް ނިންމާފައިވެ އެވެ. އަދި ހުކުމް ތަންފީޒުކުރުމުގެ 1،543 މައްސަލައެއް ވެސް ނިންމާފައިވެ އެވެ.
ސިވިލް ކޯޓުގައި އޮތީ އަށް މަސްވީ އެންމެ ތިން މައްސަލަ
އަނބިކަނބަލުންގެ ހުކުމާ އެކު ފައިސަލްއަށް ފައިސާތަކެއް
ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީއަށް
އިސްތިއުނާފް ބެންޗްގައި އަމުރު ނެރުއްވި ފަނޑިޔާރު
ކޯޓުން މައްސަލަތަކުގައި އަމަލުކޮށްފައި ހުރިގޮތް ބަލަނީ
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި
ހަރަދަށް ފެމެލީ ކޯޓުން 25 މިލިއަން ރުފިޔާ ހޯދައިދީފި
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ދުވަސްވަރު ސާފު: އުޝާމް
ދަށު ކޯޓުތަކަށް ހާއްސަ އިމާރާތުގެ މަސައްކަތް ފަށަނީ
މުދަލެއް ނެތް، ފައިސާއެއް ނެތް:ކުރެވޭނެ ކަމެއް ނެތް؟