Roadha Mihaaru
ރެދަންލައި އުތުރުގެ ރަށްތައް ދިއްލާލައިފި

ރެދަންލައި އުތުރުގެ ރަށްތައް ދިއްލާލައިފި

25 ޑިސެމްބަރ 2022

މިދިޔަ ހަފުތާގެ ބަންދުގައި އެންމެންގެ އިންސްޓަ ސްޓޯރީސްތައް ފުރިފައި އޮތީ ރެދަންގެ ތަފާތު މަންޒަރުތަކުންނެވެ.

މިދިޔަ ހަފުތާގެ ބަންދުގައި އެންމެންގެ އިންސްޓަ ސްޓޯރީސްތައް ފުރިފައި އޮތީ ރެދަންގެ ތަފާތު މަންޒަރުތަކުންނެވެ.

ބ. ދަރަވަންދޫގައި ރެދަންލައިފައި -- ފޮޓޯ: މަނާލް

ބ. ދަރަވަންދޫގައި ރެދަންލައިފައި -- ފޮޓޯ: މަނާލް

މި ދުވަސްވަރު، އެންމެ އާންމުކޮށް ރެދަން ލަނީ ރާއްޖޭގެ އުތުރުގެ ރަށްތަކުގަ އެވެ. ރޭ ވެސް ރެދަން ލައި، ބައެއް ރަށްތައް އޮތީ ދިއްލާލައިފަ އެވެ.

ރ. ހުޅުދުއްފާރުގައި ރެދަންލައިފައި -- ފޮޓޯ: ސަމާހު

ރ. ހުޅުދުއްފާރުގައި ރެދަންލައިފައި -- ފޮޓޯ: ސަމާހު

ރެދަން ލުމަކީ މިހާރު ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. މިހާރު އެއީ ދިވެހިންނަށް ކޮންމެ އަހަރަކު އަންނަ "އީދެކެވެ". އެކަން އެނގެނީ ރެދަންލާ ކޮންމެ ފަހަރަކު، އެ މަންޒަރު ބަލަން ޖަމާވާ މީހުންގެ އަދަދުންނެވެ. ރަށްރަށުގެ ކުދިބޮޑު އެންމެންހެން މި މަންޒަރު ބަލަން ދެ އެވެ.

ކ. ހުރާގައި ރެދަންލައިފައި -- ފޮޓޯ: އަހްމަދު ނިޝާތު

ކ. ހުރާގައި ރެދަންލައިފައި -- ފޮޓޯ: އަހްމަދު ނިޝާތު

ރެދަން ލަނީ، ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. ލޮލަށް ނުފެންނަ ވަރުގެ މި ސޫފިތައް ދިއްލާލަނީ އެ އެއްޗެއްސަށް އުނދަގުލެއް ވުމުން، އެއިން ސަލާމަތްވުމަށް ނުވަތަ ދިފާއީ ނިޒާމެއްގެ ގޮތުންނެވެ. އެހެންވެ، އެތައް މިލިޔަން ސޫފިތަކުގެ ސަބަބުން އަބަދުވެސް، ރާޅުޖަހާ ފަށް އޮންނަނީ ނޫ ކުލައިން ދިއްލާލައިފަ އެވެ.

ރ. ހުޅުދުއްފާރުގައި ރެދަންލައިފައި -- ފޮޓޯ: ސަމާހު

ރ. ހުޅުދުއްފާރުގައި ރެދަންލައިފައި -- ފޮޓޯ: ސަމާހު

ރާއްޖޭގައި އެންމެ އާންމުކޮށް ރެދަންލާ ރ. ވާދޫގައި މިދިޔަ ސެޕްޓެމްބަރު މަހާއި ނޮބެމްބަރު މަހު ވެސް ރެދަންލި އެވެ.

ބ. ސޮނެވާފުށި ރިސޯޓުގައި ރެދަންލައިފައި -- ފޮޓޯ: މޫސާ ހަލީމް

ބ. ސޮނެވާފުށި ރިސޯޓުގައި ރެދަންލައިފައި -- ފޮޓޯ: މޫސާ ހަލީމް

މިދިޔަ ދެ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި ބ. އަތޮޅުގެ ވަރަށް ގިނަ ރަށްތަކުގައި ވަނީ ރެދަން ލައިފަ އެވެ. އޭދަފުއްޓާއި އެ އަތޮޅު ދަރަވަންދު އާއި ކުޑަރިކިއްޔާއި ގޮއިދު އާއި ފެހެންދޫ އަދި ބައެެއް ރިސޯޓުތަކުގައި ވެސް ރެދަންލި އެވެ.