Roadha Mihaaru
"ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

ސިމްޑީގެ "ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

25 ޑިސެމްބަރ 2022

ސިމްޑީން މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، އަގުހުރި އިނާމުތަކެއް ހުށަހަޅައިގެން ބޭއްވި "ވޯލްޑް ކަޕް ފިއެސްޓާ"ގެ ގްރޭންޑް ލަކީޑްރޯގެ އިނާމުތައް ލިބުނު ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީން މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، އަގުހުރި އިނާމުތަކެއް ހުށަހަޅައިގެން ބޭއްވި "ވޯލްޑް ކަޕް ފިއެސްޓާ"ގެ ގްރޭންޑް ލަކީޑްރޯގެ އިނާމުތައް ލިބުނު ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

އެ ފަރާތްތަކަށް އިނާމުތައް ހަވާލުކުރީ މިއަދު ސިމްޑީގެ ރެސޫގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެއް ވަނަ އަށް ދިޔަ އައިމަން އަހުމަދު ޝަހީމަށް ވަނީ އައިފޯން 14 ޕްރޯ ހަވާލުކޮށްފަ އެވެ. އޭނާ އަށް ވަނީ އެ ފޯނު ނުވަތަ ސެމްސަން އެސް22 އަލްޓްރާއެއް ހިޔާރުކުރުމުގެ ފުރުސަތު ދީފަ އެވެ.

އިނާމުތައް ލިބުނު ފަރާތްތަކާއި އެކު ސިމްޑީގެ ޓީމު. -- ފޮޓޯ: ސިމްޑީ

އިނާމުތައް ލިބުނު ފަރާތްތަކާއި އެކު ސިމްޑީގެ ޓީމު. -- ފޮޓޯ: ސިމްޑީ

އެ ރަސްމިއްޔާތުގައި ދެ ވަނަ އަށް ދިޔަ ހުސެއިން ރިޒާ އަށް ވަނީ ޕީ އެސް 5 އަކާއި ފީފާގެ 2023 ގެ ގޭމް ސީޑީ ހަވާލުކޮށްފަ އެވެ. އަދި ތިން ވަނަ އަށް ދިޔަ ޝީރާޒް އަށް ވަނީ އިލީގެ ކޮފީ ބަންޑަލް ހަވާލުކޮށްފަ އެވެ. އެ ބަންޑަލްގައި ހިމެނެނީ އެކްސް ނައިން ކްރޯމް ކޮފީ މެޝިނަކާއި މިލްކް ފްރޮތާ އާއި ކެޕްސޫލްސް އާއި އެސްޕްރެސޯ އަދި ކަޕަޗީނޯ ކަޕެވެ.

ސިމްޑީއިން ކުރިއަށް ގެންދިޔަ "ވޯލްޑް ކަޕް ފިއެސްޓާ" އަށް ހޫނު ތަރުީބެއް ލިބުނު ކަމަށް އެ ފިހާރައިން ބުނެއެވެ. އެ ޕްރޮމޯޝަން ކުރިއަށް ދިޔައީ މި ދިޔަ މަހުގެ 21އިން މި މަހުގެ 18އަށެވެ. އެ ޕްރޮމޯޝަނުގައި "ވީކްލީ" އަގުހުރި އިނާމުތަކެއް ވެސް ވަނީ ދީފަ އެވެ.