29 ޑިސެމްބަރ 2022
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ޓެކްސް ކުޑަކޮށް، ރައްޔިތުންގެ ހާސްކަމަށް ލުއެއް ގެނެސްދޭނެ ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ޓެކްސް ކުޑަކޮށް، ރައްޔިތުންގެ ހާސްކަމަށް ލުއެއް ގެނެސްދޭނެ ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ކެމްޕެއިން، "ފިކުރެއްގެ ދިރުން" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ފައިސާ އަށް ވާ ގޮތެއް ނުބަލައި ރާއްޖޭގެ ވެރިއަކަށް ވެސް ރައްޔިތުންނަށް ހިދުމަތެއް ނުކޮށްދެވޭނެ ކަމަށެވެ.
ފައިސާ ހަރަދުކުރާ ގޮތް ކޮންމެ ދުވަހެއްގެ ހަވީރު ބަލަންޖެހޭނެ ކަމަށާއި އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީން ކޮންމެ ދުވަހަކު ވެސް ލިބެންޖެހޭނެ ކަމަށް، ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރާ ދޭތެރޭގައި އެ މަނިކުފާނުގެ ހިތްހަމަނުޖެހުންތައް ބޮޑުވީ ދަރަނިތައް ރީސްޓްރަކްޗާ ނުކުރުމުންނެވެ. އެކަމުގެ ހިތްހަމަނުޖެހުންތައް ނަޝީދު ވަނީ މީގެ ކުރިން ވެސް ފާޅުކުރައްވައިފަ އެވެ.
"ހަފުތާއެއް ނުދާނެ އަޅުގަނޑު ނުދަންނަވާ... ރައީސްއޭ ދަރަނި، ދަރަނި، ދަރަނި، ދަރަނި، ދަރަނި. ރާއްޖޭގެ ވެރިއެއް ރައްޔިތުންނަށް ވެރިކަމެއް ނުކޮށްދެވޭނެ ފަހު ވަކި ލާރިއަށް ނުބަލައެއް. ލާރިކޮޅަށް ވާ ގޮތް ކޮންމެ ދުވަހަކު ހަވީރު ބައްލަވަން ޖެހޭނެ. ފިނޭންސުން ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ލިބިވަޑައިގަންނަވަންޖެހޭ [މައުލޫމާތު]. ދަރަންޏަށް ވާ ގޮތް އަޅުގަނޑުމެން ނުބަލާ އަދި އަޅުގަނޑު ބުނީތީވެ އަލުން އަނބުރާ އެކުލަވާނުލައި ކުރިއަށް ދިޔައީ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން، "ފިކުރެއްގެ ދިރުން" ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ މަނިކުފާނު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނިއަސް އެކަން މި ސަރުކާރުން ނުކުރި ކަމަށެވެ. ދަރަނި ނަގަމުން ގޮސް އަދި އޭގެ ފަހުން ކޮވިޑުގެ ދަރަނި ނެގުމުން ދިވެހިން މިހާރު ތިބީ ވަރަށް ދަތި ހާލަތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ދަތިތަކުން އަރައިގަތުމަށް މި އަހަރު ޓެކްސް ބޮޑުކޮށް އަދި ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހުމުން މި ފުރޮޅިގެން ދަނީ ދަތީގެ ތެރެއަށް ކަން ފާހަގަކުރެއްވި އެވެ.
"ދެހާސް ތޭވީސް ވަނަ އަހަރު އެހެންވީމަ މި އޮތީ ދަރަނި އަނބުރާ ދެއްކުމުގެ ދަތި އަޅުގަނޑުމެންނަށް ދިމާވެފައި. އެކަމުން އަރައިގަތުމަށްޓަކައި ޓެކްސް ބޮޑުކުރަން ޖެހިފައި. ޓެކްސް ބޮޑުކުރީތީވެ އަނެއްކާ ތަކެތީގެ އުފުލި، އަޅުގަނޑުމެންނަށް ހާސްކަމުގެ ތެރެއަށް ދާން ޖެހިފައި." އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން، ޔަގީންކަން އަރުވަން ދެ ކަމެއް. ދެން އުފެދޭ އަޅުގަނޑުގެ ވެރިކަމެއްގައި، އެމްޑީޕީގެ ސަރުކާރެއްގައި ޓެކްސް ކުޑަކުރާނަން. އަޑުއައްސަވާތި، ޓެކްސް ކުޑަކުރާނަން. އަޑުއައްސަވާތި، ތަކެތީގެ އަގު އިންފްލޭޝަން ދަށަށް ދާނެ. ތި ބޭފުޅުންގެ ހާސްކަމަށް އަޅުގަނޑުމެން ޝިފާއެއް، ލުއެއް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން."
"ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން، ޔަގީންކަން އަރުވަން ދެ ކަމެއް. ދެން އުފެދޭ އަޅުގަނޑުގެ ވެރިކަމެއްގައި، އެމްޑީޕީގެ ސަރުކާރެއްގައި ޓެކްސް ކުޑަކުރާނަން. އަޑުއައްސަވާތި، ޓެކްސް ކުޑަކުރާނަން. އަޑުއައްސަވާތި، ތަކެތީގެ އަގު އިންފްލޭޝަން ދަށަށް ދާނެ. ތި ބޭފުޅުންގެ ހާސް ކަމަށް އަޅުގަނޑުމެން ޝިފާއެއް، ލުއެއް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން."
މި ސަރުކާރުން ވަނީ މި ފެށޭ އާ އަހަރުން ފެށިގެން ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކުރަން އަދި ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް ބޮޑުކުރަން ފާސްކޮށްފަ އެވެ. މި އިސްލާހުތަކާ، ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް
ނަޝީދު ވިދާޅުވަނީ "ރައީސް ރިއެކްޓް" ނުކުރައްވާ ކަމަށް
ރައީސް ވާދަކުރާނަމަ އެމްޑީޕީއަށް ލިބޭނީ 20 ޕަސެންޓް
ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބުކުރާނަން: ރައީސް
އިންތިހާބާ ގުޅުވައިގެން ބިރެއް ނުދައްކާ: މިއުވާން
ޓެކްސް ބިލަށް މިއަދު ވެސް ވޯޓަށް ނޭހި!
މަޖިލީހުގެ ކޯޅުން: ނަޝީދަށް ގޯސްވީ ޝަރީފު!
ޓެކްސް ބޮޑުކުރުމުގައި ހިޔާލު ހޯދުމާ މެދު ދެބަސްވުމަކަށް
މަޝްވަރާއެއް ނެތި ވިޕް ނެރުމުން މަޖިލިސް ހޫނުވެއްޖެ!
ޓިކެޓް ނުލިބުނަސް ރައީސަށް ތާއީދުކުރާނަން: ނަޝީދު