Roadha Mihaaru

ހުސައިންގެ ރައްދު ނަޝީދަށް: ކެބިނެޓް އިސްތިއުފާދިން ފަދަ "ރިއެކްޓެއް" ނުކުރާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ރިއެކްޓް ނުކުރައްވާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވާތީ އެ މަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) މިރޭ ވަރަށް ފާޑުވިދާޅުވެއްޖެ އެވެ.

ރިއެކްޓް ނުކުރާ ކަމަށް ބުނުމުން ނަޝީދަށް ރައްދު
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

29 ޑިސެމްބަރ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ރިއެކްޓް ނުކުރައްވާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވާތީ އެ މަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) މިރޭ ވަރަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ބޭއްވި ޖަލްސާގައި ހުސައިން ވިދާޅުވީ، ރައީސް ރިއެކްޓް ނުކުރައްވާ ކަމަށް ހީވިޔަސް، އެ މަނިކުފާނު ސަރުކާރު ހިންގަވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ނަޝީދަށް ފާޑުވިދާޅުވަމުން ހުސައިން ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި މުޅި ކެބިނެޓް އިސްތިއުފާ ދިން ފަދަ ގޮތަކަށް މި ސަރުކާރުން "ރިއެކްޓް" ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން އެއް ދުވަހު ނިދާ ހޭލިއިރު މުޅި ކެބިނެޓް މުލިއާގެއަށް ގެނެސްގެން އިސްތިއުފާ ދިނީ. އެކަހަލަ ރިއެކްޓެއް މި ސަރުކާރުން ނުކުރާނެ،" ނަޝީދުގެ ވެރިކަމުގައި ކެބިނެޓް އިސްތިއުފާ ދިނުމުން އެކަމަށް އިޝާރާތްކޮށް، ހުސައިން ވިދާޅުވި އެވެ.

ނަޝީދަށް އިޝާރާތް ކުރައްވައި، ހުސައިން ވިދާޅުވީ އެ މަނިކުފާނުގެ ބޭނުންފުޅަކީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުން ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބު ނުވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ބޭނުންފުޅަކީ ކާމިޔާބު ނުވެއްޖެ ނަމަ، ޒާތީ ހަސަދައިގައި ވެރިކަން ގެއްލުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާ ސާފުކޮށް އެނގޭނެ ޕްރައިމަރީން މޮޅު ނުވާނެ ކަމާއި އަދި ޕްރައިމަރީން މޮޅު ނުވެޖިއްޔާ ދެން ހަދަން އޮތް ގޮތެއް ވެސް އޮތީ ނިންމާފައި. އެއީ އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދީ ވެރިކަން ގެއްލުވާލުން،" ހުސައިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ރާއްޖެއަށް މި ސަރުކާރުން ގެންނަ ތަރައްގީތައް ނަޝީދާއި އެ މަނިކުފާނުގެ ޓީމަށް ވެސް ފެންނާނެ އެވެ. އަދި އެންމެ ހަލުވިކޮށް ތަރައްގީތައް ގެންނަނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.