Roadha Mihaaru

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ޕޮލިސް ކާރެއްގައި ރޯކޮށްލައިފި

ހުޅުމާލެ އެޗްޑީސީ ބިލްޑިން ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޕޮލިސް ކާރެއްގައި މިރޭ ރޯކޮށްލައިފި އެވެ.

ޕާކުކޮށްފައި އޮތް ޕޮލިސް ކާރެއްގައި ރޯކޮށްލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

03 ޖެނުއަރީ 2023

ހުޅުމާލެ އެޗްޑީސީ ބިލްޑިން ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޕޮލިސް ކާރެއްގައި މިރޭ ރޯކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕާކިން އޭރިޔާގައި ޕާކުކޮށްފައި އޮތް ކާރުގައި ރޯކޮށްލި ކަމުގެ ރިޕޯޓެއް 7:40 ހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް، ގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކެއް ނުވެ އެވެ.

"އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން." އޮފިޝަލް ވިދާޅުވި އެވެ.