ބިއުނޯސް އޭރީސް (ޖެނުއަރި 3) - އިތުރު ވޯލްޑް ކަޕެއްގައި ނުކުޅެން ނިންމާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ އެ ނިންމުން ބަދަލު ކުރުމަށް އެ ޓީމުގެ ކުޅުންތެރިން އެދިއްޖެ އެވެ.
ބިއުނޯސް އޭރީސް (ޖެނުއަރި 3) - އިތުރު ވޯލްޑް ކަޕެއްގައި ނުކުޅެން ނިންމާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ އެ ނިންމުން ބަދަލު ކުރުމަށް އެ ޓީމުގެ ކުޅުންތެރިން އެދިއްޖެ އެވެ.
ގަތަރުގައި ބޭއްވި މުބާރާތުގެ ކާމިޔާބު ކުރި އާޖެންޓީނާގެ ކެޕްޓަން ކުރިން އިއުލާން ކޮށްފައި ވަނީ ފައިނަލު މެޗަކީ ވޯލްޑް ކަޕުގައި އޭނާގެ އެންމެ ފަހު މެޗު ކަމަށެވެ.
އެކަމަކު އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓާ ބުނިގޮތުގައި އޭނާ އާއި ޓީމުގެ އެހެން ކުޅުންތެރިން ވެސް މެސީގެ ކިބައި އެދެމުން ދަނީ އެ ނިންމުން ބަދަލު ކުރުމަށެވެ.
"އަހަރެމެން ބޭނުމެއް ނުވޭ އޭނާ ގައުމީ ޓީމުން ދާކަށް. އަހަރެމެން ބޭނުން ވަނީ އޭނާ ހުންނަން. އޭނާ އަށް ވެސް އެކަން އެނގޭނެ،" ބްރައިޓަން އަށް ކުޅެމުން އަންނަ މެކް އެލިސްޓާ ބުންޏެވެ.
"އާ އަހަރުގައި ކުޅުންތެރިން ތިބޭ ގުރޫޕަށް އޭނާ ފޮނުވި އާ އަހަރުގެ މެސެޖެއް. އުފާފާޅު ކުރުންތަކާ ހެދި އަހަރެމެންނަށް ވާހަކަ ދައްކާކަށް މާ ގިނަ ފުރުސަތެއް ނުލިބޭ."
ވޯލްޑް ކަޕު 2026 ބާއްވާނީ މެކްސިކޯ އާއި އެމެރިކާ އަދި ކެނެޑާ ގުޅިގެންނެވެ. އެ މުބާރާތާ ހަމައަށް ދާއިރު މެސީ އަށް 39 އަހަރު ފުރޭނެ އެވެ.
ފިޓްކޮށް ހުރެއްޖެނަމަ ވޯލްޑް ކަޕްގައި މެސީ ކުޅޭނެ
ވޯލްޑްކަޕްގައި އެމްބާޕޭ އާއި ހާލަންޑްގެ ކުރިމަތިލުން
މެސީ 47 ވަނަ ތައްޓާއެކު އެމްއެލްއެސް ކަޕް ފައިނަލަށް
އެންމެކުޑަ ގައުމުގެ ވޯލްޑް ކަޕްގެ ދަތުރުގައި ދެބަފައިން
ޒުވާން އައްސާންގެ ގޯލާ އެކު ޖަރުމަން ވޯލްޑް ކަޕަށް
ބާސާ ދޫކޮށްލުމަކީ ހިޔާލަށްވެސް ގެނައިކަމެއް ނޫން: މެސީ
މެސީ، އިންޓަ މަޔާމީގައި 2028ގެ ނިޔަލަށް މަޑުކުރަނީ
ހެޓްރިކަކާ އެކު މެސީ އަށް އެމެރިކާ ލީގުގެ ރަން ބޫޓު
މެސީ ވެސް މިހަފުތާ އަވަދިނެތި އުޅެނީ ރެކޯޑް ހެދުމުގައި
އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ