Roadha Mihaaru

ހެޓްރިކަކާ އެކު މެސީ އަށް އެމެރިކާ ލީގުގެ ރަން ބޫޓު

މޭޖާ ލީގް ސޮކާ (އެމްއެލްއެސް) 2025 ގެ ރެގިއުލާ ސީޒަންގެ ފަހު މެޗުގައި ލިއޮނެލް މެސީގެ ހެޓްރިކަކާ އެކު 5-2 އިން ނާޝްވިލް ބަލިކޮށް، މެސީ ލީގުގެ ރަން ބޫޓު ހޯދައިފި އެވެ.

ހެޓްރިކަކާ އެކު މެސީ އަށް އެމެރިކާ ލީގުގެ ރަން ބޫޓު

މޭޖާ ލީގް ސޮކާ (އެމްއެލްއެސް) 2025 ގެ ރެގިއުލާ ސީޒަންގެ ފަހު މެޗުގައި ލިއޮނެލް މެސީގެ ހެޓްރިކަކާ އެކު 5-2 އިން ނާޝްވިލް ބަލިކޮށް، މެސީ ލީގުގެ ރަން ބޫޓު ހޯދައިފި އެވެ.

މެސީ ވަނީ ލީގުގައި ކުޅުނު 28 މެޗުން 29 ގޯލު ޖަހައިފަ އެވެ. އަދި މިއީ އެމެރިކާގެ ލީގުގައި އޭނާ ރަން ބޫޓު ހޯދި ފުރަތަމަ ފަހަރެވެ.

އެމްއެލްއެސް ރެގިއުލާ ސީޒަންގެ ތާރީހުގައި ވެސް އެއް ސީޒަނެއްގައި މިއަށް ވުރެ ގިނަ ގޯލލު ޖަހާފައި ވަނީ 30 ލަނޑު ޖެހި ޒްލަޓާން އިބްރަހިމޮވިޗާއި 31 ގޯލު ޖެހި ޖޯސެފް މާޓިނޭޒް އަދި 34 ލަނޑު ޖެހި ކާލޯސް ވެލާ އެވެ.

އަށް ފަހަރު ބެލޮންޑިއޯ ކާމިޔާބު ކޮށްފައިވާ މެސީ ވަނީ މި ސީޒަންގައި ލީގުގައި 19 އެސިސްޓް ވެސް ކޮށްފަ އެވެ. ފަހު މެޗުގައި ކުރި އެސިސްޓާ އެކު އޭނާގެ ކެރިއަރުގައި ވަނީ 399 އެސިސްޓް ހަމަވެފަ އެވެ.

މިއާ އެކު އޭނާ ވަނީ ލީގުގައި އިންޓަ މަޔާމީން ޖެހި 48 ގޯލުގައި ހިއްސާވެފަ އެވެ. ލީގުގެ ރެކޯޑް އޮތީ މީގެ ކުރިން ސީޒަނެއްގައި 49 ގޯލުގައި ހިއްސާވި ވެލާ އަތުގަ އެވެ.

ރެގިއުލާ ސީޒަންގައި އެންމެ ޕޮއިންޓެއްގެ ތަފާތުން އިންޓަ މަޔާމީ އަށް ލިބުނީ ލީގުގެ ތިންވަނަ އެވެ. އެ މަގާމާ އެކު އެ ޓީމު ވަނީ އަންނަ އަހަރުގެ ކޮންކާކަފް ޗެމްޕިއަންސް ކަޕަށް ކޮލިފައިވެފަ އެވެ.

އިންޓަ މަޔާމީއަށް ދެން އޮންނާނީ އެމްއެލްއެސް ޕްލޭއޮފެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ ވެސް ނާޝްވިލްއާ ދެކޮޅަށެވެ.