Roadha Mihaaru
އަރަބިބަސް ކިޔަވައިދޭ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރަނީ

އަރަބި ބަސް ކިޔަވައިދޭ ސެންޓަރެއް ސައުދީން ރާއްޖޭގައި ގާއިމްކުރަނީ

15 ޖެނުއަރީ 2017

އަރަބި ބަސް ކިޔަވައިދޭ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބި ބަސް ކިޔަވައިދޭ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭން ސައުދީގެ އަރަބި ޓީޗަރުން ހަމަޖެއްސި ކަމުގެ ލިޔުން ހަވާލުކުރަން އިސްކަންދަރު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭ ސެންޓަރެއް އަޅަން މިދިޔަ މަހުގެ ފަހުކޮޅު އެ ގައުމުގެ ކެބިނެޓު ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

މި ސެންޓަރުން ހިލޭ އަރަބި ބަސް ކިޔަވައިދީ، ތައުލީމް ފޯރުކޮށްދޭން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އެ ސެންޓަރު ގާއިމްކުރާނެ ތަނަކާއި ދުވަހެއް އަދި ނޭނގެ އެވެ.

ރާއްޖޭގައި އަރަބި ބަސް ފުޅާކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ސައޫދީ ސަރުކާރުން މިއަދު ވަނީ، 17 އަރަބި ޓީޗަރުން ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ހަވާލުކޮށްފަ އެވެ. އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ގުރުއާނާބެހޭ މަރުކަޒުގައި ވެސް މި އަރަބި ބަސް އުނގަންނައިދިނުމުގައި މި ޓީޗަރުންގެ އެހީތެރިކަން ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.