އަރަބި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ހާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ސައުދީ އެމްބަސީން ނިންމައިފި އެވެ.
18 ޑިސެމްބަރ 2023
އަރަބި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ހާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ސައުދީ އެމްބަސީން ނިންމައިފި އެވެ.
އަރަބި ބަހުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 18 ވަނަ ދުވަހު އެވެ.
މާލޭގައި ހުންނަ ސައިދީ އެމްބަސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ އިވެންޓު ކުރިއަށްދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.
އެ އިވެންޓުގައި އާޓިފިޝަލް ބީޗުގައި ސްޓޯލްތަކެއް ބަހައްޓައި އަރަބި ބަހާއި އަރަބި ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެ އެވެ. އަދި ސައުދީގައި ކިޔެވުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމާއި އަރަބި ލިޔުން (ކެލިގްރަފީ) އާއި އަރަބި ޅެން ހެދުން ވެސް ކުރިއަށްދާނެ ކަމަށް އެމްބަސީން ބުންޏެވެ.
Arabic – the Language of Poetry and Arts, a pillar of cultural diversity of humanity & one of the most widely spoken languages, of undeniable beauty and influence.
— السفارة في المالديف ?? (@KSAembassyMV) December 18, 2023
Welcome to ;
World Arabic Language Day Exhibition Mon. 18th Dec 2023 (15:30 to 18:00) @ Artificial Beach, Malé pic.twitter.com/9HIeQwd26w
ސައުދީ އެމްބަސީން އިސްނަގައިގެން ކުރިއަށް ގެންދާ އެ އިވެންޓުގައި ރާއްޖޭގެ ފަރާތުން މައުލޫމާތު ދިނުމަށާއި އިވެންޓުގެ ހަރަކާތްތަކުގައި ބައިވެރިވާނީ އިސްލާމިކް މިނިސްޓްރީ އާއި އެމްއެންޔޫ އާއި އަރަބިއްޔާ ސްކޫލާއި އިސްލާމިކް ޔުނިވާސިޓީ އާއި އިލްމް އިންސްޓިޓިއުޓްގެ އިތުރުން އެވިޑް ކޮލެޖުގެ ބޭފުޅުންނެވެ.
އަރަބި ބަހުގެ މައުހަދެއް ސައުދީން ރާއްޖޭގައި އަޅައިދެނީ
އަރަބިބަސް ކިޔަވައިދޭ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރަނީ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
އުލިގަމުގައި ކަދުރު ގެންދާނެ ބަޔަކު ނުވި
މާލެ ސަރަހައްދުގެ 46،251 ގެއަކަށް ކަދުރު ދޫކުރި
ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
ހިޖްރަ ގްރޫޕު ޖޫރިމަނާކޮށް ފިޔަވަޅުތަކެއް އަޅައިފި
ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
އެއް އާއިލާގެ 40 މީހުން އުމްރާއަށް