Roadha Mihaaru
ޖޮލާޓީން ސެންޓުފުޅިއެއް ގަނެގެން އައިފޯން 14 ޕްރޯއެއް

ޖޮލާޓީން ސެންޓުފުޅިއެއް ގަނެގެން އައިފޯން 14 ޕްރޯއެއް

04 ޖެނުއަރީ 2023

ބޭރުގެ މަޝްހޫރު ބްރޭންޑުތަކުގެ ސެންޓު ވިއްކާ އޮޮންލައިން ޕޭޖު ޖޮލާޓީއިން އައިފޯން 14 ޕްރޯއެއް ލިބޭ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބޭރުގެ މަޝްހޫރު ބްރޭންޑުތަކުގެ ސެންޓު ވިއްކާ އޮޮންލައިން ޕޭޖު ޖޮލާޓީއިން އައިފޯން 14 ޕްރޯއެއް ލިބޭ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަން ފަށައިފި އެވެ.

އެ ޕްރޮމޯޝަނަކީ އާ އަހަރާ ގުޅުވައިގެން އެ ޕޭޖުން ފެށި ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.

ޖޮލާޓީއިން ބުނިގޮތުގައި އެ ޕްރޮމޯޝަނަކީ ޕޭޖުން ވިޔަފާރިި ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޕޭޖުން ސެންޓުފުޅިއެއް ގަތުމުގެ އިތުރުން ފޭސްބުކް ޕޭޖު ލައިކުކޮށް، އިންސްޓްގްރާމް ޕޭޖު ފޮލޯކޮށް، އެ ޕްރޮމޯޝަނާ ގުޅޭ ޕޯސްޓު ޝެއާ ކުރަން ޖެހޭނެ އެވެ.

އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން އޮންނާނީ މާޗު އެކެއްގައި ކަމަށް ވެސް އެ ޕޭޖުން ބުނެއެވެ.

ޖޮލާޓީއިން ވިއްކާ ސެންޓުފުޅިތައް ހިމެނޭ ޕޯސްޓެއް.

ޖޮލާޓީ އަކީ ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް އޮންލައިންކޮށް އެކި ބްރޭންޑުތަކުގެ ސެންޓު ވިއްކާ ޕޭޖެކެވެ. އެ ޕޭޖުން ދިވެހިންގެ ތެރޭގައި މަގުބޫލު ގޫޗީ ބްރޭންޑާއި، ޝަނެލް، ޖޯޖް އަރުމާނީ ފަދަ ބްރޭންޑުތަކުގެ ސެންޓު ލިބެން ހުރެ އެވެ.

އެ ޕޭޖުން ވިއްކާ ސެންޓަކީ ފްރާންސުން ގެންނަ އޮރިޖިނަލް އޮތެންޓިކް ސެންޓު ކަމަށް ޖޮލާޓީއިން ބުނެ އެވެ. އަދި ވިއްކާ ސެންޓުތަކަކީ ގިނަ ވަގުތުތަކަކަށް ވަސް ދެމިހުންނާނެ، ކޮލިޓީ ރަނގަޅު ސެންޓު ކަމަށް ވެސް ބުންޏެވެ.

ޖޮލާޓީއިން ބުނި ގޮތުގައި އެ ޕޭޖުން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން ފަދަ އެކި ޕްރޮމޯޝަންތައް މި އަހަރު ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.