Roadha Mihaaru
ޕްލާޒާގެ މޯބައިލް އެޕްލިކޭޝަން ތައާރަފު ކޮށްފި

ޕްލާޒާގެ މޯބައިލް އެޕްލިކޭޝަން ތައާރަފު ކޮށްފި

02 ފެބުރުއަރީ 2020

ޕްލާޒާ އެންޓަޕްރައިސަސްގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ އެޕްލިކޭޝަން އިއްޔެ ތައާއަރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޕްލާޒާ އެންޓަޕްރައިސަސްގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ އެޕްލިކޭޝަން އިއްޔެ ތައާއަރަފު ކޮށްފި އެވެ.

"ޕްލާޒާ އޮންލައިން"ގެ ނަމުގައި ތައާރަފުކުރި މި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ. މި އެޕްލިކޭޝަނުން ޕްލާޒާގެ ސެންޓް ފިހާރައިން ވިއްކާ ހުރިހާ ސެންޓެއް ބަލައިލެވޭނެ އެވެ.

މި އެޕްލިކޭޝަން ބޭނުން ކޮށްގެން ސެންޓަށް އޯޑަރު ވެސް ކުރެވޭނެ އެވެ. މިގޮތަށް އޯޑަރު ކުރާ މިހުންގެ ތެރެއިން 250ރ. އިން މަތިން ވިޔަފާރި ކުރާ މީހުންނަށް ޕްލާޒާއިން ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ. އަދި އެއަށްވުރެ ކުޑަކޮށް އޯޑަރު ކުރާ މީހުންނަށް ފިހާރައަށް ޒިޔާރަތް ކުރުމުން ސެންޓުފުޅި ލިބޭނެ ކަމަށް ޕްލާޒާއިން ބުންޏެވެ.

ޕްލާޒާ އެންޓަޕްރައިޒަސް އަކީ ރާއްޖޭގައި މަގުބޫލްވެފައިވާ ދުބާއީގެ މަޝްހޫރު ސެންޓް ބްރޭންޑު "ރަސާސީ"ގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެ ކުންފުނިން ރަސާސީގެ ސެންޓު ރާއްޖޭގައި ވިއްކާތާ މިހާރު 18 އަހަރު ވެއްޖެ އެވެ. އަދި ކުރިއަށް އޮތްތާނގައި އިތުރު ބްރޭންޑުތައް ވެސް އެ ފިހާރަ އިން ލިބޭނެ ކަމަށް ޕްލާޒާއިން ބުނެ އެވެ.

ސެންޓުގެ އިތުރުން މި އަހަރު ތެރޭގައި ކޮސްމެޓިކްސް ވެސް އެ ފިހާރައިން ވިއްކަން ފަށާނެ ކަމަށް ޕްލާޒާ އިން ބުންޏެެވެ. ޔޫރަޕުގެ މަޝްހޫރު ބްރޭންޑުގެ ކޮސްނެޓިކްސް މި މަސް ތެރޭގައި އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ޕްލާޒާ އިން ބުންޏެވެ.

ޕްލާޒާއިން އިން ވިއްކާ ސެންޓު އޮންލައިންކޮށް ވިއްކުމަށް އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ހުޅުވައިފަ އެވެ. މި ހިދުމަތް އެ ކުންފުނިން ފަށާފައި ވަނީ މި އަހަރުގެ ފުރަތަމަ ދުވަހު އެވެ.