މަޝްހޫރު ސެންޓް ބްރޭންޑު، ތުރުކީގެ ޑީ އެންޑް ޕީ ޕާފިއުމަމް ވިއްކާ ރާއްޖޭގެ ފިހާރައިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
19 އޮކްޓޯބަރ 2023
މަޝްހޫރު ސެންޓް ބްރޭންޑު، ތުރުކީގެ ޑީ އެންޑް ޕީ ޕާފިއުމަމް ވިއްކާ ރާއްޖޭގެ ފިހާރައިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޑީ އެންޑް ޕީ ފިހާރައިން ބުނީ، މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. ޑީ އެންޑް ޕީ ޕާފިއުމަމް ފިހާރަ ހުންނަނީ ޗަމްޕާ ހޮޓެލް ކައިރީ ރަށްދެބައި މަގުގަ އެވެ. އެ ފިހާރަ ރާއްޖޭގައި ހުޅުވީ، މިއަހަރުގެ އޭޕްރީލް މަހު އެވެ.
ޑީ އެންޑް ޕީ ސެންޓު ފުޅިއެއް: އެ ބްރޭންޑުގެ 50 އެމްއެލް އާއި 100 އެމްއެލްގެ ފާފިއުމް ހުރޭ. -- ފޮޓޯ: ޑީ އެންޑް ޕީ
ތުރުކީގެ ޑީ އެންޑް ޕީ ޕާފިއުމް އުފެއްދީ 1999 އަހަރު އެވެ. އެންމެ މަތީ ފެންވަރުގެ މި ބްރޭންޑުގެ ސެންޓު ލިބެން ހުންނަނީ، ކުޑަ އަގެއްގަ އެވެ. ތަފާތު އެކި ބާވަތްތައް ހިމެނޭ މި ބްރޭންޑުގެ 50 އެމްއެލް އާއި 100 އެމްއެލްގެ ފުޅީގެ ސެންޓު ލިބެން ހުންނާނެ އެވެ. އެ ބްރޭންޑުގެ 500 އަށް ވުރެ ގިނަ ޕްރޮޑަކްޓްތައް ވަނީ ތައާރަފްކޮށްފަ އެވެ.
ޑީ އެންޑް ޕީ ޕާފިއުމަމް ފުޅިއެއް. އެ ބްރޭންޑްގެ ގިނަ އަދަދެއްގެ ސެންޓުފުޅި އެ ފިހާރައިން ލިބެން ހުރޭ. -- ފޮޓޯ: ޑީ އެންޑް ޕީ ޕާފިއުމަމް
ޑީ އެންޑް ޕީ ޕާފިއުމަމް 100 އަށް ވުރެ ގައުމުގެ 51 ސިޓީން ލިބެން ހުރެ އެވެ. އަދި އެ ބްރޭންޑުގެ 400 އަށް ވުރެ ގިނަ ފިހާރަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ހުއްޓެވެ.
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
އަންހެނުންގެ ދުވަހަށް ލެކިއުޓުން ޑިސްކައުންޓެއް
ޖޮލާޓީން އަންހެނުންގެ ދުވަހަށް ޑިސްކައުންޓާއި ގިވްއަވޭ
ޖޮލާޓީން ސެންޓުފުޅިއެއް ގަނެގެން އައިފޯން 14 ޕްރޯއެއް
ޔޫރަޕްގެ "ސެނެބެއްލާ" ބޮޑީ މިސްޓް ރާއްޖެއަށް
ލޯގޯ މައްސަލާގައި ޝެނަލްއަށް ވާވޭ ބައްޔެއް ނުކުރެވުނު
ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ޑާރޭޖްގެ ފޭކު ސެންޓު ވިއްކާތީ ޕްލާޒާއިން ކަންބޮޑުވެއްޖެ
ޕްލާޒާގެ މޯބައިލް އެޕްލިކޭޝަން ތައާރަފު ކޮށްފި
ދަ ޕާފިއުމް ޝޮޕްގެ އޮންލައިން ފިހާރަ ހުޅުވައިފި