Roadha Mihaaru
މިފްކޯގެ ސައިޓުތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކަނީ

މިފްކޯގެ ސައިޓުތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ސޮއިކޮށްފި

03 ޖެނުއަރީ 2023

މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް އެފްއެސްއެމް އިން ދޭން ފެށުމަށް މިއަދު ސޮއި ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް އެފްއެސްއެމް އިން ދޭން ފެށުމަށް މިއަދު ސޮއި ކޮށްފި އެވެ.

އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ އެވެ. އެފްއެސްއެމްގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ.

މިފްކޯއިން ބުނީ އެފްއެސްއެމްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްއިން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ.

އަދި އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި އެފްއެސްއެމްގެ ހުޅުމާލޭން ވެސް މަސްވެރިންނަށް ތެޔޮ ވިއްކަން މިދިޔަ ނޮވެމްބަރު މަހު ވަނީ ފަށައިފަ އެވެ.

މަސްވެރިންނަށް އެންސިސް އާއި ހޮރައިޒަން މެދުވެރިކޮށް އަގު ހެޔޮކޮށް ނުވަތަ މިފްކޯއިން ވިއްކާ ރޭޓުގައި ތެޔޮ ނުލިބޭތީ މީގެ ކުރިން މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.