ދައުލަތުގެ މަސްކުންފުނި މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
ދައުލަތުގެ މަސްކުންފުނި މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
މިފްކޯ އިން އެފްއެސްއެމާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ގެނައި އެ ބަދަލާ އެކު، މިއަދުން ފެށިގެން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އެވްރެޖުކޮށް 51 ލާރި ހެޔޮވާނެ ކަމަށް މިފްކޯ އިން ބުންޏެވެ. އަދި ތިން ޓަނަށް ވުރެ މަތިން މަސްކިރާ މީހުންނަށް ތެލުން އެވްރެޖުކޮށް 71 ލާރި ހެޔޮވާނެ އެވެ.
މިފްކޯ އިން ބުނި ގޮތުގައި އެ ކުންފުންޏަށް މަސްކިރާ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން ތެޔޮ ވިއްކާނީ ލިޓަރަކަށް 13.90 ލާރި އަށެވެ. ތިން ޓަނަށް ވުރެ އިތުރަށް މަސްކިރާ ނަމަ ލިޓަރެއް ވިއްކާނީ 13.72 ލާރި އަށް ކަމަށް ބުންޏެވެ.
މަސްވެރިންގެ އިތުރުން މިފްކޯގެ ސެންޓަރުތަކުން އާންމުންނަށް ތެޔޮ ވިއްކާ އަގު ވެސް މިއަދުން ފެށިގެން ވަނީ ހެޔޮކޮށްފަ އެވެ. އެއީ 14.43 ލާރި އެވެ.
މިފްކޯ އިން ބުނީ އެ ބަދަލުތައް ގެނައީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންނަށް ދޭ ހިދުމަތްތަކުގެ އަގުހެޔޮކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ހެޔޮވާނެކަން އިއުލާން ކުރެއްވީ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިފްކޯ އަށް އެއް ކިލޯ އަށް ވުރެ ބަރު މަސް މިއަދުން ފެށިގެން 16ރ. ގެ ރޭޓުން ގަންނަން ވަނީ ފަށައިފަ އެވެ. މީގެ ކުރިން ނަމަ މަސްވެރިންނަށް 16ރ. ލިބެނީ މިފްކޯ އަށް ކިރުވާ ދޮޅު ކިލޯ އިން ފެށިގެން މަތީގެ މަހަށެވެ. އެކަމަކު، މިއަދުން ފެށިގެން އެ ކުންފުންޏަށް ކިރުވާ އެއް ކިލޯ އިން ފެށިގެން މަތީގެ ހުރިހާ މަހަކަށް އާ ރޭޓު ހިނގާނެ ކަމަށް ބުންޏެވެ.
ކުދިމަސްކަމަށް ބަލާ މިންގަނޑު މަތިކުރުމުގެ ޝަކުވާ
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފި