Roadha Mihaaru
ދެ އިދާރާގެ ކޯޅުމުގައި މާލެ މަގުމަތި ކުނިވެއްޖެ

ދެ އިދާރާގެ ކޯޅުމުގައި މާލޭ މަގުމަތި ކުނިވެއްޖެ

04 ޖެނުއަރީ 2023

މާލޭގައި މީގެކުރިން އިރުއަރަންވާއިރަށް އޮންނަނީ ހުރިހާ މަގެއް ކުނިކަހައި ސާފުކޮށްފަ އެވެ. ގޭބިސީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނުން އުފައްދާ ކުނި ވެސް އެހާއިރަށް ނަގައި ނިންމަ އެވެ. ކުރިން، ހެނދުނު މަގުތައް އޮންނާނީ ވަރަށް ސާފުކޮށެވެ. އެކަމަކު، މިހާރު އެ މަންޒަރު ބަދަލުވެ، މަގުތަކުގެ އެކި ދިމާލުގައި ކުނި ކޮތަޅުތައް އޮންނަނީ ފުނިޖެހިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލާއި ވޭމްކޯއާ ދެމެދު އޮތް ދެބަސްވުންތަކެއްގެ ސަބަބުން ހުރިހާ އުނދަގުލެއް އާންމުންނަށް ކުރިމަތިވާތީ މިކަމުގައި މީހުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.

"މިހާރު ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް މި ދާންޖެހެނީ ޕޭވްމަންޓްތައް މަތީގައި ހުންނަ ކުނިކޮތަޅުތަކުގެ ތެރެއިން ހިނގައިފައި. މުޅި ހިސާބުގައި އޭގެން ދުވާ ނުބައި ވަސްގަނޑު،" އާންމުންގެ މީހަކު ބުންޏެވެ.

މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"މަގުމަތީ މިއުޅޭ ބުޅާތައް ކޮތަޅުތައް ފަޅައިގެން ކައި މުޅިތަން އޮންނަނީ ހަޑިވެފައި،" އެހެން މީހަކު ބުންޏެވެ.

ކޮތަޅުގައި ބަންދުކޮށްގެން މަގުމައްޗަށް ނެރެފައި ހުންނަ ކުނި ނަގަން ވެމްކޯއިން ދަނީ ދެކޮޅު ހަދަމުންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި، އެ މީހުން ނަގާނީ ގޭބިސީތަކަށް ގޮސްގެން، ގަވައިދުން އެ ކުންފުންޏަށް ފީ ދައްކާ ތަންތަނުން އެކަންޏެވެ. މަގުމައްޗަށް ކުނި ކޮތަޅު ނެެރެފައި ހުންނަންޏާ ނުގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނި އެވެ.

އެ ކުންފުނިން އެގޮތަށް ކަންތައްކުރަން ފެށީ، މާލޭގެ އާންމު ތަންތަން ސާފުކޮށް ބެލެހެއްޓުމަށް އެ ކުންފުނިން މާލޭ ސިޓީ ކައުންސިލާ އެކު ހަދައިފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުން އާކޮށްނުދިނުމުންނެވެ.

މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިހާރު" އިން މިއަދު ހެނދުނު މާލޭގެ މަގުތައް ބެލިއިރުގައި ވެސް ވަރަށް ގިނަ ތަންތަނުގައި ކުނި ކޮތަޅުތައް އެބަހުއްޓެވެ.

މި މައްސަލާގައި ސިޓީ ކައުންސިލަށް ވެސް ވަރަށް ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ވެމްކޯއިން "ވަރަށް ރަނގަޅަށް" އެ މަސައްކަތްކުރަމުން އަންނަނިކޮށް އަތުލީ ސިޔާސީ މަގުސަތެއް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ސިޓީ ކައުންސިލަށް ތުހުމަތުތަކެއް ވެސް ކުރި އެވެ.

އެކަމަކު ސިޓީ ކައުންސިލުން ބުނެފައި ވަނީ އެއްބަސްވުން އާނުކޮށްދިނީ ވެމްކޯ އަށް އެ މަސައްކަތް ނުކުރެވޭތީ ކަމަށެވެ. ވެމްކޯއާ ހަވާލުނުކޮށް، ސިޓީ ކައުންސިލުން އަމިއްލަ އަށް އެ މަސައްކަތް ކޮށްފި ނަމަ، މާ ރަނގަޅަށް އެ މަސައްކަތް ކުރެވި އަދި ބަޖެޓު ވެސް ސަލަމާތްކުރެވޭނެ ކަމަށް ބުންޏެވެ.

މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ވެމްކޯއިން ނަގަން ޖެހޭ ގޭބިސީތަކާއި ރެސްޓޯރެންޓްފަދަ ތަންތަނުން އުފައްދާ ކުނި ނުނަގާތީ އެ ކައުންސިލުން މިހާރު ވެސް ކޮންމެ ދުވަހަކު އެ މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.

"މަގުތަކުގައި ކުނި ބަހައްޓާފައި ހުރި ތަންތަން ފެނިއްޖެއްޔާ ސިޓީ ކައުންސިލުން މިދަނީ ހަމަ ނަގަމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މަގުމަތިން؛

• އިއްޔެ ހެނދުނު 8 އިން އިރުއޮއްސި 6 އަށް 33.5 ޓަނުގެ ކުނި ނެގި

• ރޭ 12 އިން މިއަދު ހެނދުނު 6 އަށް 48.15 ޓަނުގެ ކުނި ނެގި

މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މަގުތަކުގައި ކުނި ގިނަވާ މައްސަލަ ބޮޑުވެގެން، އާންމުންގެ ރައްކާތެރިކަމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން އަންގައިގެން ވެމްކޯއިން އެއް ދުވަހު މަގުތަކުގައި ހުރި ކުނިތައް ނެގި އެވެ. އެކަމަކު ފަހުން އެ މަސައްކަތްކުރި ކަމެއް ނޭނގެ އެވެ.

މާލޭގެ މަގުމަތީގައި ކުނި ބަހައްޓާ މައްސަލަ ބޮޑުވެގެން އެގޮތަށް ކުނި ބަހައްޓާ ބައެއް ތަންތަނުގެ ލިސްޓެއް ވެސް ސިޓީ ކައުންސިލުން އާންމުކުރި އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ 100 އެއްހާ މުވައްޒަފުން ނަގައިފަ އެވެ. އެ މަސައްކަތަށް އިތުރު 40 މުވައްޒަފުން ނަގަން ވެސް އިއުލާންކޮށްފައިވެ އެވެ.