Roadha Mihaaru
މާލޭގެ މަގުތަކަށް ކުނި އެޅި ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

މާލޭގެ މަގުތަކަށް ކުނި އެޅި ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

03 މެއި 2024

މާލޭގެ މަގުތަކަށް ކުނި އެޅި ބިދޭސީއަކު މާލޭ ސިޓީ ކައުންސިލުން ހޯދައި އެ މީހާ ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުތަކަށް ކުނި އެޅި ބިދޭސީއަކު މާލޭ ސިޓީ ކައުންސިލުން ހޯދައި އެ މީހާ ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުމައްޗަށް ކުނި އަޅާކަން ފާހަގަކުރެވިގެން ކައުންސިލުން ހޯދި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގުލަދޭޝްގެ ފިރިހެނަކު ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އިމިގްރޭޝަންއާ ގުޅިގެން އެ މީހާ ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ މަގުތަކަށް ކުނި އަޅާ މީހުން ފެންނަ ވީޑިއޯތައް އެކި ފަހަރު މަތިން ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ވީޑިއޯތަކުން ގިނައިން ފެންނަނީ ބިދޭސީންނެވެ. އަދި މަގުތަކަށް ކުނި އަޅާ މީހުން ހޯދައި ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

މިދިޔަ ރޯދަމަހުން ފެށިގެން މާލޭގެ މަގުތަކަށް ކުނި އުކާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. މާލޭގެ އެކި ގޯޅިތަކަށް ބޮޑެތި ކުނިތައް ނެރެފައި ހުންނަ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރި އެވެ. އަދި ތިން ދުވަހެއްގެ މަތިން ވެމްކޯ އިން ހިލޭ ވެސް ކުނި އުކައިދިނެވެ.

ގެތަކުން ނެރޭ ބޮޑެތި ކުނި މަގު މައްޗަށް އުކާ މައްސަލަ ހައްލުކުރުމުގެ ގޮތުން ވެމްކޯ އިން ވަނީ ކުނި އުކައިދޭ އަގުތައް ވެސް ހެޔޮކޮށްފަ އެވެ.