މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނެގުމަކީ ވެމްކޯގެ ޒިންމާއެއް ނޫން ކަމަށާއި އެކަމާ ދެން ހަވާލުވާނީ ސިޓީ ކައުންސިލުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
29 ޑިސެމްބަރ 2022
މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނެގުމަކީ ވެމްކޯގެ ޒިންމާއެއް ނޫން ކަމަށާއި އެކަމާ ދެން ހަވާލުވާނީ ސިޓީ ކައުންސިލުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މާލޭގެ މަގުތަކާއި އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމައި، އަދި އެއްބަސްވުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވެފައިވާތީ މަގުތަކުން ކުނި ނެގުން ވެމްކޯއިން ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، މަގުތަކުގައި ކުނި ވަނީ ގިނަވެފަ އެވެ.
ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ މަގުތަކުގައި ހުރި ކުނި ނެގުމުގެ ހިދުމަތް ހިލޭ ދިނުމަކީ އެ ކުންފުނީގެ ގާނޫނީ ޒިންމާއެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެކަން ވެމްކޯއިން ކުރާނީ ކުރިން ވެސް އަމަލުކުރި ގޮތަށް އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޓީ ކައުންސިލަށް މާލެތެރެ ސާފުކޮށް ނުބެލެހެއްޓޭ ކަމަށް ވަންޏާ އަޅުގަނޑުމެންނާ ހަވާލުކޮށް ދެއްވާ. އަޅުގަނޑުމެންގެ މުވައްޒަފުން މި ތިބީ ތައްޔާރަށް އެކަން ކުރަން." ސިރާޖު ވިދާޅުވި އެވެ.
ރަޖިސްޓްރީކޮށްފައި ހުރި ގޭބީސީތަކުން ނެރޭ ކުނި ވެސް ވެމްކޯއިން ނުނަގާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާތީ ސިރާޖު ވިދާޅުވީ އެ ކުންފުނިން ހިދުމަތް ދޭ ގެތަކުން މަގުތަކަށް ކުނި ނުނެރޭނެ ކަމަށެވެ. އެކަމަކު ސިޓީ ކައުންސިލުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެމްކޯގެ ރަޖިސްޓާޑް ކަސްޓަމަރުން ނުޖެހޭނެ ގެއިން ބޭރަށް، މަގުމައްޗަށް ކުނި ނެރޭކަށެއް. އަދި ނެރެންޖެހޭ ސަބަބެއް ވެސް ނޯންނާނެ،" ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި މަގުތަކުން ކުނި ނެގުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ދެކިގެން ސިޓީ ކައުންސިލުން އެ މަސައްކަތް ފެށިޔަސް، އެ މަސައްކަތުން ބުރަކަން ސިޓީ ކައުންސިލަށް މިހާރު އެނގޭނެ އެވެ. އަދި އޭރު ވެމްކޯއިން ދިން ހިދުމަތް ރައްޔިތުންނަށް ވެސް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެމްކޯއަށް ހަރުކަށި ފިޔަވަޅު އަޅާނަން: މުއިއްޒު
މާލޭގެ މަގުތަކަށް ކުނި އުކައިގެން 6،000 މައްސަލަ
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
އެންމެ ބޮޑުވެފައި ވަނީ މަގުތަކުގައި ކުނި ބެހެއްޓުން!
ފިންލެންޑްސްކޫލް ކައިރިއަށް ކޮންމެ ދުވަހަކު ކުނި އަޅަނީ
ކުނި ނަގަން ވަދެ ބޮޑުކަމުދިޔަ މުވައްޒަފު ސަސްޕެންޑް
ދެ އިދާރާގެ ކޯޅުމުގައި މާލެ މަގުމަތި ކުނިވެއްޖެ
ވެމްކޯއިން އެ ފެށީ އެ މީހުންގެ ޒިންމާއަދާކުރަން:މޭޔަރު
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ
ކުނި ގިނަވާތީ އީޕީއޭގެ އިލްތިމާސް ސިޓީ ކައުންސިލަށް!