Roadha Mihaaru

މާފުށީ ޖަލުގައި މާރާމާރީއެއް، އެކަކަށް އަނިޔާވެއްޖެ

މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެ އެވެ.

މާފުށީ ޖަލުގައި މާރާމާރީއެއް، އެކަކަށް އަނިޔާވެއްޖެ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

07 ޖެނުއަރީ 2023

މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މާފުށީ ޖަލުގައި މިއަދު ހަވީރު ގައިދީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ އަނގަމަތިން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެ މާރާމާރީގައި ގައިދީއެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރުނަސް، އެފަދަ އަނިޔާއެއް ދީފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި އެ މާރާމާރީގައި ހިނގީ ދެ ގައިދީއެއްގެ ދެމެދު އެވެ. އަނިޔާވި މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި އަދި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

ކަރެކްޝަންސްއިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ފޮޓޯއެއް ނޫން ކަމަށެވެ.