10 މާޗް 2024
ފުލުހުންނަށް ހުށަހަޅާފައިވާ ބައި މިލިއަން ރުފިޔާގެ ސްކޭމްއަކާ ގުޅިގެން މާފުށީ ޖަލު ބަލައި ފާސްކޮށް 22 މޯބައިލް ފޯނާއި އިތުރު ސާމާނު ހޯދައިފި އެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ ބައި މިލިއަން ރުފިޔާގެ ސްކޭމްއަކާ ގުޅިގެން މާފުށީ ޖަލު ބަލައި ފާސްކޮށް 22 މޯބައިލް ފޯނާއި އިތުރު ސާމާނު ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެއީ މަކަރާއި ހީލަތުން 500،000ރ. އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައި ފާސްކޮޮށް 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑާއި ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މި މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީގެ މީހެއްގެ ބޭންކް އެކައުންޓުން 200،000ރ. ނެގި މައްސަލައެއް މިދިޔަ މަހު ފުލުހުންނަށް ރިޕޯޓްކުރި އެވެ. އަދި އެހެން މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ބަޔަކު ފޭރިގަތް މައްސަލައެއް ވެސް މިދިޔަ މަހު ފުލުހުންނަށް ހުށަހެޅި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އެވެ.
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ސްކޭމްގެ ތުހުމަތެއްގައި މީހަކާ ދެކޮޅަށް އަޑުއުފުލަނީ
ވަގު ޓީޓީގައި ތިން މިލިއަން ރުފިޔާގެ މުދާ އެތެރެކުރި
ވަގަށް ޖަލަށް ވަންނަން އުޅުމުން ޖަލަށްލައި، ޖޫރިމަނާ
މާފުށިން ހައްޔަރު ކުރި ކުއްޖާ ދޫކޮށްލީ ހެކި ނެތިގެން
ރައްޒާނަށް ހަމަލަދިން މީހާ ޝަރީއަތް ނިމެންދެން ބަންދު
ވަޅި ހެރި މައްސަލާގައި ހައްޔަރުކުރި ކުއްޖާ ދޫކޮށްލައިފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ