Roadha Mihaaru
ވަގަށް ޖަލަށް ވަންނަން އުޅުމުން ޖަލަށްލައި، ޖޫރިމަނާ

ވަގަށް ޖަލަށް ވަންނަން އުޅުމުން އެކަކު ޖަލަށްލައި، ދެވަނަ މީހާ ބައި ލައްކައިން ޖޫރިމަނާކޮށްފި

17 ޖުލައި 2022

ކ. މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ހަތަރު މަހަށް ޖަލަށްލައި އަދި ދެވަނަ މީހާ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ހަތަރު މަހަށް ޖަލަށްލައި އަދި ދެވަނަ މީހާ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު، 2019 ގައި ޖަލަށް ވަންނަން އުޅުނު މައްސަލާގައި ދައުވާކުރީ ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދު އާއި ނ. މަނަދޫ ކެރީބިއަން، އިބްރާހިމް ޖަޒްލާންގެ މައްޗަށެވެ. ދައުވާގައިވާ ގޮތުން ޖަލަށް ވަންނަން އުޅެނިކޮށް ފުލުހުންނަށް ފެނުމުން އެ މީހުން ވަނީ ފިލަން މަސައްކަތްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ހެކިންގެ ހެކިބަހުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެ ކުށަށް ދެވޭނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ކޯޓުން ނިންމީ ހައްމާދު ހަތަރު މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ.

ޖަޒްލާން ބަންދުގަައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހެނީ ހަތަރު މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އޭނާ އެދިފައިވާތީ ކޯޓުން ނިންމީ 53،600ރ. އިން އޭނާ ޖޫރިމަނާ ކުރުމަށެވެ.

ޖޫރިމަނާ ފައިސާ ހަ މަސް ތެރޭގައި ދައްކަން ވެސް އޭނާއަށް އަންގާފައިވެ އެވެ.