Roadha Mihaaru
އޭއެމްޑީސީގެ އާ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ހުޅުވައިފި

އާ ހިދުމަތްތަކާ އެކު، އޭއެމްޑީސީގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ޖާގަ ބޮޑު އިމާރާތަކަށް

08 ޖެނުއަރީ 2023

މާލޭގައި ހުންނަ އޭއެމްޑީސީ ކްލިނިކްގެ ފިޒިއޮތެރަޕީ އެންޑް ރިހެބިލިޓޭޝަން ޑިޕާޓްމަންޓް އާ އިމާރާތަކަށް ބަދަލުކޮށް، މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މާލޭގައި ހުންނަ އޭއެމްޑީސީ ކްލިނިކްގެ ފިޒިއޮތެރަޕީ އެންޑް ރިހެބިލިޓޭޝަން ޑިޕާޓްމަންޓް އާ އިމާރާތަކަށް ބަދަލުކޮށް، މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފި އެވެ.

އެ ޑިޕާޓްމަންޓް ހުޅުވީ، ކުރިން ލިބެން ނެތް ގިނަ ހިދުމަތްތަކަކާ އެކު ތިން ގުނަ ބޮޑު އިމާރާތެއްގަ އެވެ. ފިޔާތޮށި މަގުގައި ހުންނަ މ. ހުދުއަސުރުމާހިޔާގޭގެ 3 ވަނަ ފްލޯގައި ހުންނަ އެ ޑިޕާޓްމަންޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

އަލަށް ހުޅުވި ޑިޕާޓްމަންޓުގެ ރިސެޕްޝަން ސަރަހައްދު. -- ފޮޓޯ: އޭއެމްޑީސީ

އަލަށް ހުޅުވި ޑިޕާޓްމަންޓުގެ ރިސެޕްޝަން ސަރަހައްދު. -- ފޮޓޯ: އޭއެމްޑީސީ

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވިދާޅުވީ، އާއްމުންނަށް އެ ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އޭއެމްޑީސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަލަށް ހުޅުވި ފިޒިއޮތެރަޕީ ޑިޕާޓްމަންޓަކީ އާންމުންނަށް ވަރަށް ބޭނުންތެރި ތަނެއް ކަމަށެވެ. ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކްލިނިކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އޭއެމްޑީސީގެ ޗެއާމަން އާދަމް ނައީމް ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ހަނދާނީ ފިލާއެއް އަރުވަނީ. -- ފޮޓޯ: އޭއެމްޑީސީ

އޭއެމްޑީސީގެ ޗެއާމަން އާދަމް ނައީމް ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ހަނދާނީ ފިލާއެއް އަރުވަނީ. -- ފޮޓޯ: އޭއެމްޑީސީ

އޭއެމްޑީސީގެ ޗެއާމަން އާދަމް ނައީމް ވިދާޅުވި ގޮތުގައި އެ ކްލިނިކުގެ އަމާޒަކީ ފެންވަރު ރަނގަޅު ގިނަ ހިދުމަތްތަކެއް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. ފަހުގެ ގިނަ ވަސީލަތްތަކާއެކު، އާ އިމާރާތަކަށް ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ބަދަލުކުރީ، އެ އަމާޒުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެމްޑީސީ

ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެމްޑީސީ

އޭއެމްޑީސީގެ ފިޒިއޮތެރަޕީ ޑިޕާޓުމަންޓުގައި އަލަށް ތައާރަފު ކުރި ހިދުމަތްތަކުގެ ތެރޭގައި ކުޅިވަރު ކުޅުމުގައި ދިމާވާ އަނިޔާތަކަށް ދަނޑުމަތީގައި ފަރުވާދޭ "އޮންފީލްޑް" ހިދުމަތާއި އަނިޔާގެ ސަބަބުން ކެލްސިޔަމް ގަނޑުވެފައިވާ ތަންތަން ފަހާގަކޮށް ދޭ "ޝޮކްވޭވް ތެރަޕީ" އާއި ނާރުގެ އެކި ބަލިތަކަށް ދޭ "ނިއުރޯ ރެހެބިލިޓޭޝަން" ފަރުވާ ހިމެނެ އެވެ. އަދި މަސްގަނޑުގެ އެކިއެކި ތަދުތައް ފިލުވުމަށް ހިމަކަށި ބޭނުންކޮށްގެން "ޑްރައި ނިޑްލިން ތެރަޕީ" އާއި ކުޑަކުދިންނަށް ހާއްސަ ޕީޑިއެޓްރިކް ރީހެބިލިޓޭޝަނާއި އަންހެނުންނަށް ހާއްސަ "ވިމެންސް ހެލްތް ރީހެބިލިޓޭޝަން" ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

އެ ޑިޕާޓްމަންޓަކީ ހިނގާބިގާވެ އުޅުމަށް ދަތި އަދި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ފިޒިއޮތެރަޕީ އެކު ހިދުމަތްތަކުގެ "ހޯމް ވިޒިޓް ސާވިސް" ދޭ ތަނެކެވެ.

ފިޒިއޮތެރަޕީގެ ހިދުމަތަކީ ޑޮކްޓަރުންގެ އިރުޝާދާ އެކު ދޭ ފަރުވާއެކެވެ. އޭއެމްޑީސީ ފިޔަވައި އިތުރު ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން ޑޮކްޓަރަށް ދެއްކުމަށް ފަހު ވެސް އެ ކްލިނިކުން ފިޒިއޮތެރަޕީގެ ހިދުމަތް ލިބޭނެ އެވެ. ފިޒިއޮތެރަޕީ ހިދުމަތް ހޯދުމަށް އޭއެމްޑީސީ ކްލިނިކުގެ ކައުންޓަރުންނާއި ހޮޓްލައިން ނަމްބަރު 3325979 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ.