09 ޖެނުއަރީ 2023
ޖައްވު ނުސާފުވުމުގެ ސަބަބުން އުތުރާއި މެދުތެރޭ އަތޮޅުތަކުގައި ދުރު ފެންނަ މިންވަރު ކުޑަވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
ޖައްވު ނުސާފުވުމުގެ ސަބަބުން އުތުރާއި މެދުތެރޭ އަތޮޅުތަކުގައި ދުރު ފެންނަ މިންވަރު ކުޑަވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
"ހޭޒް" ނުވަތަ ވައި ނުސާފުވުމުގެ އަސަރު މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާއިރު އޭގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ.
މިރޭ މެޓުން ބުނީ، ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނަސް، ވޭތުވެރިޔާ 24 ގަޑިއިރު، ހާއްސަކޮށް މެދުތެރޭ ސަރަހައްދަށް އެ މިންވަރު ހުރީ އެވަރެޖުކޮށް ހަތަރު ކިލޯމީޓަރުގައި ކަމަށެވެ. އެކަން ދިމާވަނީ އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.
ދުރު ފެންނަ މިންވަރަށް އަސަރު ކުރާ ކަންކަމުގެ ތެރޭގައި ވަައިޖެހޭ މިސްރާބާއި ބާރުމިނާއި ވިއްސާރަވުން މުހިންމު ދައުރެއް އަދާ ކުރާކަން ވެސް މެޓުން ފާހަގަކުރި އެވެ. ވިއްސާރަވުމުން ވައި ސާފުވެ އެވެ.
މެޓް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، އިރުވައި މޫސުން ފެށޭ ހިސާބު ޑިސެމްބަރު މަހުން ފެށިގެން މާޗު މަހާ ހަމައަށް ވައި ނުސާފުވާކަން ފާހަގަކުރެވެ އެވެ. އެކަން ދިމާވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ ދުވަސްވަރު، ހިމާލަޔަން ސަރަހައްދުން ދިމާއި ހިރަފުސް ވަޔާއެކު ރާއްޖެއާ ހިސާބަށް ފޯރާތީ ކަމަށް ވެސް ބުނެފައިވެ އެވެ.
Observatories in north and central have been reporting low visibility over the past few days.
— Maldives Meteorology (@MetMaldives) January 9, 2023
Follow the thread for precautionary measures by @HPA_MV pic.twitter.com/zBPdjEscks
ވައި ނުސާފުވާ ދުވަސްވަރު އަމަލު ކުރާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭއިން މީގެ ކުރިން ވަނީ ކިޔައިދީފަ އެވެ. އެއީ:
- ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަ ނުކުރުން
- ކުޑަކުދިންނާއި މާބަނޑު މީހުންނާއި ދޮށީ އުމުރުގެ މީހުން ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުން
- ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި މާސްކު އެޅުން
- ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުރުން މަޑުޖައްސާލުން
މެޓްގެ ވެދާ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި
މި ދެ މަހު އެންމެ ގިނަ ވާނީ ހޫނު ގަދަ ދުވަސްތައް
މިއީ މޫސުމީ ވިއްސާރައެއް، ވަކި ތަފާތެއް ނުފެނޭ: މެޓް
ބައެއް ހިސާބުތަކަށް 43 ޑިގްރީ އަށް ހޫނުވި ދުވަހެއް!
ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް!
ބުރާސްފަތި ދުވަހާ ހަމައަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ
ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ: މެޓް އޮފީސް
މާލެއަށް ވަރުގަދަ ކޮޅިގަނޑެއް ލައްވާލައިފި
އުދަ އަރާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް އެލާޓް
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި