Roadha Mihaaru
އެމްޓީސީސީން ތިލަފުށީގައި އިމަޖެންސީ ޑްރިލްއެއް

އެމްޓީސީސީން ތިލަފުށީގައި އިމަޖެންސީ ޑްރިލްއެއް

11 ޖެނުއަރީ 2023

ކ. ތިލަފުށީގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ކ. ތިލަފުށީގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

މިއަދުގެ މެންދުރު 12:00 އިން ހަވީރު 6 އާ ހަމައަށް ކުރިއަށް ގެންދާ އެ ހަރަކާތާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ، އެ ޑްރިލްގައި ބޯޓް ޔާޑް އެއްކޮށް ހުސްކުރާނެ ކުރާނެ ކަމަށެވެ. ބޯޓު ޔާޑުގައި އެ ވަގުތުގައި ތިބި ހުރިހާ މުވައްޒަފުން އެ ތަނުން ނެރެ ރައްކާތެރި ސަރަހައްދުތަކަށް ގެންދާނެ އެވެ.

އެމްޓީސީސީން ބުނީ، ބޯޓް ޔާޑް ސަރަހައްދުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެކި ބޭނުންތަކުގައި ތިލަފުށީގެ އިންޑަސްޓްރިއަލް ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް ޑްރިލްގެ ވަގުތުގައި ދުމުގެ އަސަރު ކުރާނެތީ އެ ކަމަށް ސަމާލުވާން އެދޭ ކަމަށެވެ.