Roadha Mihaaru
އެމްޓީސީސީން ތިލަފުށީގައި ބޯޓް ޔާޑެއް ހުޅުވައިފި

އެމްޓީސީސީން ތިލަފުށީގައި ބޯޓް ޔާޑެއް ހުޅުވައިފި

12 ސެޕްޓެމްބަރ 2017

އެމްޓީސީސީން ތިލަފުށީގައި ބޯޓް ޔާޑެއް އިއްޔެ ހުޅުވައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެމްޓީސީސީން ތިލަފުށީގައި ބޯޓް ޔާޑެއް އިއްޔެ ހުޅުވައިފި އެވެ.

ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯޓް ޔާޑް ހުޅުވައިދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އިލެކްޓްރޯނިކް ކެރޭން ބޭނުންކޮށްގެން ބޮޑެތި ބޯޓުފަހަރު އެހެލަން ރާއްޖޭގެ އެންމެ ބޮޑު ބޯޓް ހޮއިސްޓް މިހާރު ހުންނާނީ އެ ތަނުގައި ކަމަށެވެ.

"މި ބޯޓް ހޮއިސްޓް އައުމުން ވަރަށް ފަސޭހަވާނެ [ވިޔަފާރި ފުޅާކުރުމަށް]. ވިޔަފާރިއެއް ފުޅާވެގެން އަސްލު ހަގީގަތުގައި މި ދިޔައީ،" ޒިޔަތު ވިދާޅުވި އެވެ.

އެމްޓީސީސީން ބުނީ ބޯޓް ހޮއިސްޓުން 200 ޓަނުގެ އުޅަނދުތައް އުފުލޭނެ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވާހަކަ ދައްކަވަނީ .-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވާހަކަ ދައްކަވަނީ .-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ޒިޔަތު ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ހުރިހާ އުޅަނދުފަހަރެއް މަރާމާތުކޮށް ހަދާނީ އެ ބޯޓް ޔާޑުގަ އެވެ. އަދި ބޯޓް ޔާޑުގެ އާމްދަނީ މި އަހަރު ނިމުމުގެ ކުރިން 40 މިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅިވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި ވެލްޑިން ކުރުމާއި އިންޖިނިއަރިން މަސައްކަތްތަކުގެ އިތުރުން ފައިބަރުގެ މަސައްކަތްތަކާއި އޮޑިދޯނިފަހަރު ބަނުމާއި ލަކުޑި މަސައްކަތްތައް ވެސް އެތަނުގައި ކުރެވޭނެ އެވެ.

އެމްޓީސީސީގެ ބޯޓް ޔާޑުގެ މުވައްޒަފުން މަސައްކަތުގައި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެމްޓީސީސީގެ ބޯޓް ޔާޑުގެ މުވައްޒަފުން މަސައްކަތުގައި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"އަޅުގަނޑުމެން ކުރިން ބޮޑު ހަރަދެއް ކޮށްގެން ބާޖް ކަހަލަ އުޅަނދުތައް ގަންނަނީ. މިހާރު އެކަން އިރާދަކުރެއްވިއްޔާ މި ނިމުނީ. ދެން އަޅުގަނޑުމެން ބޭނުންވާ ބާޖްތައް މިތަނުން ބަނދެވޭނެ. އެހެން ކުންފުނިތަކަށް ވެސް އެ ހިދުމަތް ދެވޭނެ،" ޒިޔަތު ވިދާޅުވި އެވެ.

ބޯޓް ޔާޑް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ ބޯޓް ޔާޑުން ބަނދެފައިވާ ދެ ވަނަ ބާޖް ވަނީ ބާލާފަ އެވެ.