Roadha Mihaaru
އެމްޓީސީސީގެ ބޯޓުޔާޑުގެ ހިދުމަތްތައް އަލުން ފަށަނީ

އެމްޓީސީސީގެ ބޯޓުޔާޑުގެ ހިދުމަތްތައް އަލުން ފަށަނީ

17 ސެޕްޓެމްބަރ 2020

ތިލަފުށީގައި އެމްޓީސީސީން ހިންގަމުން އަންނަ ބޯޓުޔާޑުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން އަލުން ހިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ތިލަފުށީގައި އެމްޓީސީސީން ހިންގަމުން އަންނަ ބޯޓުޔާޑުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން އަލުން ހިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީން ބޯޓުޔާޑު ބަންދުކުރީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކުގަ އެވެ. އެހެންވެ، އަލުން ހުޅުވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަލުތައް އަޅައި އަންނަ އާދީއްތަ ދުވަހު ކަސްޓަމަރުންނަށް ހިދުމަތް ދޭން ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ތަފާތުސައިޒުތަކުގެ 20 ބޯޓު އެއްފަހަރާ ޑޮކް ކުރެވޭ އެމްޓީސީސީ ބޯޓުޔާޑަކީ ރާއްޖޭގައި މި ހިދުމަތްދޭ އެންމެ ބޮޑު އެއް ބޯޓުޔާޑެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތު ބޮޑުވަމުން ދިއުމާ ގުޅިގެން، އެ ބޭނުންތަކާ އެއްހަމައެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބޯޓުޔާޑުން ގިނަ ހިދުމަތްތައް ލިބެން ހުރެ އެވެ. މީގެ ތެރޭގައި ބޯޓު ހޮއިސްޓާއި ސްލިޕްވޭ އާއި ބޯޓު ޓްރެއިލާ އާއި އެއާބޭގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްކުރުމުގެ ހިދުމަތާއި އިންޖިނިއަރިންގެ ހިދުމަތްތައް ހިމެނެ އެވެ.