Roadha Mihaaru
އެމްޓީސީސީން އާ ޓަގަކާއި ބާޖެއް ބޭނުން ކުރަން ފަށައިފި

އެމްޓީސީސީން އާ ޓަގަކާއި ބާޖެއް ބޭނުން ކުރަން ފަށައިފި

20 ސެޕްޓެމްބަރ 2017

އެމްޓީސީސީން އާ ޓަގަކާއި ބާޖެއް ހިދުމަތަށް ނެރެ، ބޭނުން ކުރަން ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެމްޓީސީސީން އާ ޓަގަކާއި ބާޖެއް ހިދުމަތަށް ނެރެ، ބޭނުން ކުރަން ފަށައިފި އެވެ.

ތިލަފުށީ އެމްޓީސީސީ ބޯޓުޔާޑްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އުޅަނދުތައް އިފްތިތާހު ކޮށްދެއްވީ، އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

އިއްޔެ ބޭނުން ކުރަން ފެށި "ޓެންގޯ 9" އަކީ 500 ހޯސްޕަވަރުގެ ދެ އިންޖީނު އަޅާފައިވާ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގެ ދިގުމިނުގައި 73 ފޫޓް ހުންނަ އިރު، ފުޅާމިނުގައި 21 ފޫޓް ހުރެ އެވެ.

"ހިތި" ބާޖުގެ ދިގުމިނުގައި 140 ފޫޓް ހުންނަ އިރު، ފުޅާމިނުގައި ހުންނަނީ 40 ފޫޓެވެ. އެ ބާޖުން 1،000 ޓަނުގެ މުދާ އުފުލޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީގެ ބޯޓް ޔާޑް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބާޖެއް މޫދަށް ބާލަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެމްޓީސީސީގެ ބޯޓް ޔާޑް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބާޖެއް މޫދަށް ބާލަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެމްޓީސީސީން މިހާރު ވެސް އަންނަނީ ހަ ޓަގު ބޯޓާއި ނުވަ ބާޖް ބޭނުން ކުރަމުންނެވެ. އެ ކުންފުނިން ބުނީ އޭގެ ތެރެއިން ހަތަރު ބާޖާއި ޓަގުބޯޓް ބޭނުން ކުރަނީ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޮޑުހިލަ ރާއްޖޭން ބޭރުން ގެނައުމަށް ކަމަށެވެ. ދެން ހުރި އުޅަނދުތައް ބޭނުން ކުރަނީ އެ ކުންފުނީގެ ލޮޖިސްޓިކް މަސައްކަތްތަކަށް ކަމަށް ވެސް ބުންޏެވެ.

އާ ދެ އުޅަނދެއް ބޭނުން ކުރަން ފެށި އިރު، ރާއްޖޭގައި ބޯޓްފަހަރު އެހެލުމަށް ބޭނުންކުރާ އެންމެ ބޮޑު ބޯޓް ހޮއިސްޓާ އެކު އެ ކުންފުނީގެ ބޯޓް ޔާޑު ވަނީ މިދިޔަ ހަފުތާގައި އިފްތިތާހު ކޮށްފަ އެވެ.