ދިރާގުޓީވީން އެންމެ ފަހުން ނެރުނު ޓީވީ ޕެކޭޖުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
18 އެޕްރީލް 2019
ދިރާގުޓީވީން އެންމެ ފަހުން ނެރުނު ޓީވީ ޕެކޭޖުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ބޭސިކް ޕެކޭޖު 300ރ. އަށް ލިބޭނެ ކަމަށެވެ. އަދި މި މަހުގެ ކުރީކޮޅު "އެގްޒައިޓްމެންޓް" ނަމުގައި ތައާރަފް ކުރި އެޑް-އޯން ހިދުމަތް ހިލޭ ލިބޭނެ އެވެ.
އެގްޒައިޓްމެންޓް އެޑް-އޯންގެ ދަށުން 22 އިތުރު ޗެނަލް ބަލައިލެވޭނެ އެވެ. އެ ހިދުމަތަށް މީގެ ކުރިން 120ރ. ދައްކަންޖެހެ އެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް 399ރ. ހޭދަކޮށްގެން ދިރާގުން ދޫކުރާ ހުރިހާ ޗެނަލެއް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
ދިރާގުޓީވީގެ ހިދުމަތް އިއްޔެއިން ފެށިގެން ނަގާފައިވާ ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިޕީޓީވީ ހިދުމަތާ އެކު ގިނަ ޗެނަލްތައް ފޯރުކޮށްދޭ އިރު މިހާރު 90 އަށް ވުރެ ގިނަ ޗެނަލް ދިރާގުޓީވީން ލިބެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ހިދުމަތް 52 ރަށަކަށް ދެމުންދާ އިރު އެއީ ރާއްޖޭގެ އާބާދީގެ 72 ޕަސެންޓެވެ.
ދިރާގު އެޕަށް އާ ފީޗާތަކެއް ގެނެސްފި
ދެއްވަދު އަށް ދިރާގު ފައިބަ ނެޓުގެ ހިދުމަތް ފަށައިފި
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގު "މަމެން" ގެ އިތުރު އެޑް-އޯން އެއް
އިތުރު ޑޭޓާ އާއި ސްޕީޑާ އެކު، ދިރާގުން ހެޔޮ ބަދަލެއް
ދިރާގުން މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ދެނީ
ކޮވިޑް-19:ދިރާގުން 30 ޕަސެންޓް ޑޭޓާ ހިލޭ ދެނީ
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ