ދިރާގުން ހޯމް ފައިބާ ބްރޯޑްބޭންޑު ޕެކޭޖުތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
01 އޯގަސްޓް 2020
ދިރާގުން ހޯމް ފައިބާ ބްރޯޑްބޭންޑު ޕެކޭޖުތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
މި ބަދަލާ އެކު، ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި، އިތުރު ޑޭޓާ އާއި ސްޕީޑް ލިބޭނެ އެވެ.
ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ހޯމް ފައިބާ ބްރޯޑްބޭންޑުގެ އާ ޕެކޭޖުތަކެއް މި ތައާރަފުކުރީ، ޑިޖިޓަލް ޓެކްނޮލޮޖީއާ އެކު، ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްގަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިވާ ވަގުތެއްގަ އެވެ. މި ބަދަލު ގެނައީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި އެ މީހުންގެ ބޭނުންތަކަށް ބަލައިގެން ކަމަށް ދިރާގުން ބުނެ އެވެ.
ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާ އެކު، ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި އަވަސް ސްޕީޑު ވެސް ލިބޭނެ އެވެ. ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑުގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑު މި މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ހޯމް އިންޓަނެޓް
ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސަރު ވިދާޅުވީ، ފައިބާ ބްރޯޑްބޭންޑު ޕެކޭޖުތަކަށް މި ގެނައި ބަދަލަކީ އެ ކުންފުނިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ. މި ބަދަލާ އެކު، ކަސްޓަމަރުންނަށް އިންޓަނެޓުގެ މަހު ފީން 21-40 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބޭނެ އެވެ. އެގޮތުން ޑިޖިޓަލް ކޮށް ކިޔަވައި، މަސައްކަތް ކޮށް އަދި އެހެނިހެން ކަންތައްތައް ކުރުމަށް އިތުރު ފަސޭހަތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Dhiraagu
Dhiraagu - Leading digital services provider in the Maldives
ދިރާގު ވެބްސައިޓުން އަލަށް ގެނައި ބަދަލުތަކުގެ ތަފްސީލު ލިބޭނެ
ރާއްޖޭގެ ގޭބިސީގެ 76 ޕަސެންޓަށް މިހާރު ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ލިބޭނެ އެވެ. އަލަށް ގެނައި ބަދަލާ އެކު 16 ރަށެއްގައި މިހާރު ދިރާގުން ވަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ދިރާގު އެޕަށް އާ ފީޗާތަކެއް ގެނެސްފި
ދެއްވަދު އަށް ދިރާގު ފައިބަ ނެޓުގެ ހިދުމަތް ފަށައިފި
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގު "މަމެން" ގެ އިތުރު އެޑް-އޯން އެއް
ދިރާގުން މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ދެނީ
ކޮވިޑް-19:ދިރާގުން 30 ޕަސެންޓް ޑޭޓާ ހިލޭ ދެނީ
ދިރާގުޓީވީން ހިލޭ އެޑް-އޯން ޕެކޭޖު ދޫކުރަނީ
ދިރާގުން ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ ދެނީ
ދިރާގުން ދެކުނުގެ ސަބްމެރިން ކޭބަލް މަރާމާތު ކުރަނީ
ދިރާގުގެ ޕްރޮމޯޝަން: ކޮންމެ ހަފްތާއަކު ދުބާއީ ދަތުރެއް