11 ޖެނުއަރީ 2023
ރިޔާސީ ޓިކެޓަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތް އިރު ވެސް އޭނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރުކޮށްދޭން މަސައްކަތް ކުރައްވަން ނިންމަވައިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޓިކެޓަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތް އިރު ވެސް އޭނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރުކޮށްދޭން މަސައްކަތް ކުރައްވަން ނިންމަވައިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވާދަވެރިކަން ބޮޑުވެފައިވާ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދު ވަނީ ކުރިމަތިލެއްވުމާ މެދު އެ މަނިކުފާނު ދެވަނަ ވިސްނުމެއް ގެންގުޅުއްވިކަން ފުރަތަމަ ފަހަރަށް އިއްޔެ ވިދާޅުވެފަ އެވެ. ފަހަތަށް ޖެހިވަޑައިގެން ބޭނުންފުޅުވީ ރިޔާސީ ކެންޑިޑޭޓު ކަމުގެ ރުކުން ހަމަވާ، ޝާހިދު ޕްރައިމަރީ އަށް ނެރުއްވަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ޝާހިދު އެގޮތް ބޭނުން ނުވީ، އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅު ނުވާތީކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. ޝާހިދު ނުކުމެވަޑައިނުގަތުމުން، އެ މަނިކުފާނު ނުކުންނެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ މެމްބަރުންގެ ތާއީދު ނެތުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ޝާހިދު "މިހާރު" އަށް ވިދާޅުވީ ދެ ވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯދައިދެއްވުމަކީ އޭނާ މާކުރިއްސުރެ ނިންމަވައިގެން ހުރި ގޮތް ކަމަށެވެ.
"އަޅުގަނޑު ގާތު ތަކުރާރުކޮށް [ރައީސް ނަޝީދު] ވިދާޅުވި، އެކަމަކު އަޅުގަނޑު ސާފުކޮށް ދަންނަވަމުން މި ގެންދަނީ 2023 ގައި ހުންނާނީ ރައީސް ސޯލިހްގެ ފަހަތްޕުޅުގައި ކަމަށް. އެގޮތުގައި އަޅުގަނޑު މިހިރީ،" ޝާހިދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދާއި ފޮރިން މިނިސްޓަރު ޝާހިދު: ޝާހިދަކީ ނުކުމެވަޑައިގެން ވާދަކުރައްވާ ބާވަތުގެ ބޭފުޅެއް ނޫން ކަމަށް ނަޝީދު ވިދާޅުވިޔަސް އިންތިހާބުތަކުން އެއީ ތެދެއް ނޫން ކަން ފެންނާން އޮތް ކަމަށް ޝާހިދު ވިދާޅުވި. .---ފައިލް ފޮޓޯ: މަޖިލިސް
ޝާހިދު، އިންތިހާބުތަކުގައި ވާދަކުރައްވަން ބޭނުން ނުވީ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ދެއްކެވީ މިހާތަނަށް އިންތިހާބުތަކުގައި ހޯއްދެވި ކާމިޔާބީތަކެވެ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވީ، ދުނިޔޭގެ ގިނަ ގައުމުތަކާ ވާދަކުރައްވައި އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް އޭނާ ހޮވިވަޑައިގަތް އިންތިހާބެވެ.
"އަޅުގަނޑަކީ އިންތިހާބުތަކުގައި ވާދަކޮށް، ރައްޔިތުންގެ މަޖިލީހަށް ފަސް ފަހަރު ހޮވިފައި ހުރި މީހެއް. އދ. ގެ ރައީސްކަމަށް ވެސް ވާދަކޮށްގެން ހޮވުނީ،" ޝާހިދު ވިދާޅުވި އެވެ.
އެންމެ ގާތް އެކުވެރިޔާ އަދި ސިޔާސީ ގޮތުން ވެސް އަބަދުވެސް އެކުގައި މަސައްކަތް ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބަދަލުގައި ޕްރައިމަރީ އަށް އޭނާ ނުކުންނެވުމަށް ބާރު އެޅުއްވި ސަބަބު އެނގިވަޑައިގަންނަވާނީ ނަޝީދަށް ކަމަށް ވިދާޅުވި އެވެ.
"ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު މަސައްކަތް ކުރެއްވުމަކީ މާ އިހުއްސުރެ އަޅުގަނޑު ނިންމައިގެން ކުރިއަށް ދާން ބޭނުންވި ގޮތް. ދައުރުގެ ވަރަށް ކުރީކޮޅު ނިންމައިފިން،" ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަމަޖެހުމާއި ރާއްޖޭގެ ތަރައްގީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި މި އަންނަ ބަދަލުތައް ފުރިހަމަކުރުމަށްޓަކައި އިތުރު ދައުރެއް އެ މަނިކުފާނަށް ދޭން ޖެހޭ."
ޝާހިދު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި ވަރަށް އިސްކޮށް އުޅުއްވަމުންނެވެ. ޖަލްސާތަކަކާއި ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ތާއީދު ހޯދުމުގެ ދަތުރުތަކުގައި ވެސް ވަޑައިގަނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެތްތެރި، ކުޅަދާނަ ވެރިކަން ދަމަހައްޓަން ބޭނުން ކަމަށާއި އެމްޑީޕީގެ މެމްބަރުން ތިބީ އެގޮތުގައި ކުރިއަށް ދާން ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު ނިންމެވީ ޕްރައިމަރީއަށް ޝާހިދު ނެރެން؟
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުތުން ގަވާއިދާ ހިލާފު!
ނަޝީދު ބަލި ގަބޫލުކޮށްފި، ބޭނުމީ ސިޔާސީ ވަކިހަރަކާތެއް
ޝިފާޒް ލަވަޔަކުން ވިދާޅުވީ "މަރުފަލިޖަހަނީ" ކަމަށް!
ޕާޓީއާ ނުބެހޭ މީހުން އިންތިހާބު ގަޑުބަޑުކުރަން އުޅުނު: އެމްޑީޕީ