ވޮށިންޓަން (ޖެނުއަރީ 11) - ކޮމްޕިއުޓަ ސިގްނަލަކުން ދިން މެސެޖަކާ އެކު، އެމެރިކާގެ ވައިގެ ދަތުރުތައް އެތައް ގަޑިއިރަކަށް ހުއްޓުވައިލުމަށް ފަހު އަލުން ފަށައިފި އެވެ.
ވޮށިންޓަން (ޖެނުއަރީ 11) - ކޮމްޕިއުޓަ ސިގްނަލަކުން ދިން މެސެޖަކާ އެކު، އެމެރިކާގެ ވައިގެ ދަތުރުތައް އެތައް ގަޑިއިރަކަށް ހުއްޓުވައިލުމަށް ފަހު އަލުން ފަށައިފި އެވެ.
ގާތްގަނޑަކަށް 10 ވަރަކަށް ގަޑިރަށް ފަހު ދަތުރުތައް އަލުން ފެށި ނަމަވެސް އަދި ކުރިއަށް ގެންދަނީ މަދު ފްލައިޓްތަކެއްގެ ދަތުރުތަކެވެ. ބައެއް ސިޓީތަކުން އަދި ވެސް ދަތުރުތައް ނުފަށަ އެވެ.
ފްލައިޓްތައް ދަތުރަށް ތައްޔާރުވުމުން ޕައިލެޓުންނަށް ސިގްނަލް ލިބެމުން ދިޔައީ ދަތުރު ކުރަން ހަމަޖެހިފައިވާ ރޫޓްގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ މެސެޖެވެ.
އެކަމާ ގުޅިގެން 7،700 އަށް ވުރެ ގިނަ ފްލައިޓުން ދަތުރުތައް ހުއްޓައިލި އެވެ. ބައެއް ފްލައިޓްތަކުން ދަތުރުވެރިންނަށް އެންގީ ފްލައިޓް ކެންސަލް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ ފްލައިޓަކުން ދަތުރު މުޅިން ކެންސަލް ކުރި އެވެ.
އެމެރިކާގައި މިއަދު 21،500 ފްލައިޓްތަކުން އެކި ތަންތަނަށް ދަތުރުތައް ކުރުމަށް އޮތީ ހަމަޖެހިފަ އެވެ. އޭވިއޭޝަން ޑޭޓާގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 2.9 މިލިއަން މީހުން އެ ފްލައިޓްތަކުގައި ދަތުރު ކުރާނެ އެވެ.
އެމެރިކާގެ ސަރުކާރުން ބުނީ ކޮމްޕިއުޓަރުން އެ ދިން ސިގްނަލަކީ ސައިބާ އެޓޭކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އެ ސިގްނަލް ލިބެން މެދުވެރިވީ ކީއްވެގެންކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ބައިޑަން ވިދާޅުވިގޮތުގައި، ކަން ވީ ގޮތް ސީދާ އޭނާ އަށް އަންގަން ޓްރާންސްޕޯޓް މިނިސްޓަރު ޕީޓް ބުޓިގޭގް އަށް ވަނީ އަންގަވައިފަ އެވެ.
"އަޅުގަނޑު ދެންމެ މި ވާހަކަ ދެއްކީ ބުޓިގޭގްއާ. މިހެން ދިމާވީ ކީއްވެގެން ކަމެއް އެ ބޭފުޅުންނަކަށް އަދި ހޯދިފައެއް ނެތް. ދިހަ މިނެޓް ވަންދެން އަޅުގަނޑު ފޯނުން އޭނާއާ ވާހަކަ ދެއްކިން،" ބައިޑަންގެ އަނބިކަބަލުންގެ ސިއްހީ ފަރުވާ އަކަށް ވޮޝިންޓަނުން ބޭރަށް ވަޑައިގަތުމުގެ ދަތުރުގެ ކުރިން މީޑިއާ އަށް އޭނާ ވިދާޅުވި އެވެ.
"މި ކަން މެދުވެރިވި ގޮތް ދެނެގަނެވުމުން އެ ކަން ސީދާ އަޅުގަނޑަށް އަންގަން އޭނާ އަށް [ޓްރާންސްޕޯޓް މިނިސްޓަރަށް] ވާނީ އަންގާފައި. އެރައިވަލް ބޯޓްތަކަށް ރަންވޭގައި ޖެއްސޭނެ. ހަމައެކަނި ފުރައިގެން ދިއުމުގެ ދަތުރުތަކަށް ބުރޫ އެރީ."
ކެނެޑާގައި މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހިއްޖެ
އެމެރިކާއަށް ވަގަށް ރަޝިޔާއަށް މުދާފޮނުވީ ރާއްޖެ މަގުން
20 މަހަށް ފަހު އެމެރިކާގެ ބޯޑަރުތައް ހުޅުވައިލަނީ
އެފްބީއައި އިން ހޯދަން އުޅުނު "މީހާއަކީ" ފުއްޕާހަމެއް
ވެކްސިން ފުރިހަމަކުރި މީހުންނަށް އެމެރިކާ ހުޅުވާލަނީ
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
ކޮވިޑް-19: އެމެރިކާގެ ގިނަ ފްލައިޓްތަކެއް ކެންސަލް
ބެޒޯސްއާ އެކު ޖައްވަށް ދާ ދުވަސްވީ މީހާ އަކީ ކާކު؟
ކެބިން ކްރޫއެއްގެ ވަޒީފާ ދޫކޮށްލައި ލިޔުންތެރިއަކަށް
ކޮކްޕިޓްގައި މި ތިބީ ދެމައިން