ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ތަންފީޒުކުރި ދަތުރުފަތުރުގެ ސިޔާސަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
13 ޖެނުއަރީ 2023
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ތަންފީޒުކުރި ދަތުރުފަތުރުގެ ސިޔާސަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި ފޭދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު މުޅި ރާއްޖެ އަށް ފެށުމުގެ ނަމުގައި "ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅު ރަށެއް ލިބޭ" ކަމަށެވެ.
"[ފަޅު ރަށްރަށް] ބަހަމުން ދިޔައީ. ބޮޑު ސަކަރާތްގަނޑެއް. އެއިން ސަލާމަތް ނުވެވިގެން އަޅުގަނޑުމެން މި އުޅެނީ،" ދަތުރުފަތުރުގެ ނިޒާމު ތައާރަފު ކުރުމަށްޓަކައި ނަޝީދުގެ ސަރުކާރުގައި އުފެއްދި ކޮންމެ ކުންފުންޏެއްގެ އިންވެސްޓް ކަވަރު ކުރުމަށް ފަޅު ރަށްރަށް ދޫކުރި މައްސަލަ އަށް އިޝާރާތް ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ކުންފުނިތަކުން ފައިސާ އަށް ބޮޑެތި ޑިމާންޑްތައް ކުރަމުން އަންނަ ކަމަށެވެ.
"އެއްބަޔަކު 250 މިލިއަން ރުފިޔާ. އަނެއް ބަޔަކު އަދި އެ އަށް ވުރެ ބޮޑަށް. ކިހިނެއްތޯ މިކަން ކުރާނީ؟ އެގްރީމަންޓްތަކާ އެއްޗެހި ހެދިފައި ހުރި ގޮތުން އެ ކަމުން އަރައިގަނެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެ މަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރުން ކަންކަން ކުރަނީ ދުރާލައި ރާވައިގެން ވިސްނުންތެރިކަމާއެކު އެވެ. ސަބަބަކީ ނަޝީދުގެ ސަރުކާރުގައި ކުރިމަތިވި އެ ފަދަ ކަމެއް ދެން އަންނަ ސަރުކާރަކަށް ކުރިމަތި ނުވާނެ ގޮތަށް ކަންކަން ރާވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށްޓަކައި ނަޝީދުގެ ސަރުކާރުގައި މަސައްކަތް ހަވާލުކުރި ބައެއް ކުންފުނިތަކުގެ މައްސަލަތައް މިހާރު އުޅެނީ ކޯޓުގަ އެވެ. ވަކި ހިސާބަކުން އެއްބަސްވުން އުވައިލުމުން ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ދޭންޖެހޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުތުން ގަވާއިދާ ހިލާފު!
ނަޝީދު ބަލި ގަބޫލުކޮށްފި، ބޭނުމީ ސިޔާސީ ވަކިހަރަކާތެއް
ޝިފާޒް ލަވަޔަކުން ވިދާޅުވީ "މަރުފަލިޖަހަނީ" ކަމަށް!
ޕާޓީއާ ނުބެހޭ މީހުން އިންތިހާބު ގަޑުބަޑުކުރަން އުޅުނު: އެމްޑީޕީ
ތާރީހު ބަދަލުކޮށްލި ނަތީޖާ: ނަޝީދު ހަދާނީ ކިހިނެއް؟