13 ޖެނުއަރީ 2023
މީގެ 50 އެއްހާ އަހަރު ކުރިން ކުދިންނަށް ކިޔަވައި ދޭން އައްޑޫ މީޙުން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ މިއަދު ފެންނަމުން އަންނަ ކަމަށާއި ފޭދޫ މީހުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓަކީ އެ ރަށުގައި ސްކޫލެއް އިމާރާތްކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މީގެ 50 އެއްހާ އަހަރު ކުރިން ކުދިންނަށް ކިޔަވައި ދޭން އައްޑޫ މީޙުން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ މިއަދު ފެންނަމުން އަންނަ ކަމަށާއި ފޭދޫ މީހުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓަކީ އެ ރަށުގައި ސްކޫލެއް އިމާރާތްކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ސްކޫލަށް ރަސްމީކޮށް މިދިޔަ އަހަރު 50 އަހަރު ވިޔަސް އެއީ އިނގިރޭސި ސިފައިން ގަމުގައި އުޅުމުގެ ކުރިން ވެސް ހިންގި ތަނެއް ކަމަށެވެ. އެ ތާރީހުން މުއްދަތު ގުނާއިރު ފޭދޫ ސްކޫލަށް 60 އަހަރު މިހާރު ވެފައިވާ ކަމަށާއި އެކަމުން ވެސް އެނގެނީ އައްޑޫގައި ތައުލީމު ފެތުރުމަށް އެ މީހުންގެ ހިތުގައި އޮތް ލޯތްބައި ބުރަ މަސައްކަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 1980 ގެ އަހަރުތަކުން ފެށިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ކިޔަވައިދެމުން އައީ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ހިނގި މަދަރުސާތަކުގައި ކަމަށާއި ފޭދޫ ސްކޫލަކީ ވެސް އެގޮތަށް ހިންގި ތަނެއް ކަމަށެވެ.
"ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރާ ހަމައަށް މި ރަށު ރައްޔިތުންގެ މިންނެތް މަސައްކަތުން ހިންގި މަދަރުސާއެއް. ދަރިންނަށް ކިޔަވައިދިނުމަށް ރައްޔިތުން އޮހޮރި ދަލާއި އޭރު އުފުލި ބުރައިގެ ނަތީޖާ މިއަދު މުޅި އައްޑޫ އަށް ވެސް އެބަ ލިބޭ،" ފޭދޫގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އެ ސްކޫލުން ތައުލީމު ހާސިލުކުރި ބޭފުޅުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ފޭދޫ ސްކޫލަށް 50 އަހަރު ފުރުނުއިރު އެ ސްކޫލު ދިގު މުއްދަތަކަށް ހިންގާފައި ވަނީ ރަށުގެ މީހުންގެ ބެލެނިވެރިކަމުގެ ދަށުގަ އެވެ. ސަރުކާރުގެ ދަށަށް އެ ސްކޫލު ގެނެސްފައި ވަނީ ވެސް ފޭދޫ މީހުންގެ މަދަރުސާއެއްގެ ގޮތުގައި ހިންގާތާ 20 އަހަރު ފަހުން ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސްކޫލެއް ހިންގުމަށް އެހާ ބޮޑު ސަމާލުކަމެއް ފޭދޫގެ މީހުން ދިނީ އެ ރަށުގައި ތައުލީމީ ދަރިންތަކެއް އުފައްދައި ރަނގަޅު މުޖުތަމައެއް އުފެއްދުމަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފޭދޫގެ މުޅި ތާރީހުގައި ވެސް މި ރަށުގެ ކުރިމަގަށްޓަކައި މި ރަށުގެ ރައްޔިތުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓަކީ ސްކޫލެއް ގާއިމުކޮށް ދަރިންނަށް ކިޔަވައިދޭން ފެށުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ވެރިކަމުގެ ފާއިތުވި ހަތަރު އަހަރުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ އެ މަސައްކަތަށް ކަމަށެވެ. ކުދިންނަށް ކިޔަވައި ދީގެން އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށާއި ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި އެ ރަށެއްގެ ކުރިމަގަށް މަސައްކަތް ކުރާނެ ތައުލީމީ ބަޔަކު ބިނާކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އެ މަސައްކަތަށެވެ. އޭގެ ތެރޭގައި ތައުލީމީ ނިޒާމުން ނުކުންނަ ކުދިންނަކީ ހުލްގު ހެޔޮ، ދީނީ އަގީދާ ވަރުގަދަ އަދި މަސައްކަތްތެރި ކުދިންތަކަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަށްޓަކައި އެކުލަވައިލި ސިޔާސަތުގައި ވެސް ހިމެނެނީ އެ ކަންތައްތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒިންމާދާރު، އުފެއްދުންތެރި ބަޔަކަށް ޒުވާނުން ހެދޭނީ އެންމެ ރަނގަޅު ޒަމާނީ ތައުލީމު ދީ، އެ މީހުންގެ ހުނަރާއި ފަންނުވެރިކަން ވެސް އިތުރުކޮށްގެން ކަމަށެވެ. އެ ކަމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިލޭ ޑިގްރީ އަށް ކިޔެވޭނެ މަގު ފަހިކޮށްދީ، ސްޓޫޑަންޓް ލޯނުގެ އިންޓަރެސްޓް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު ވެސް ފަސްކުރީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި ތައުލީމީ ގާނޫނު ތަންފީޒުކޮށް، އުނގެނުމުގެ ހައްގުން ލިބެންޖެހޭ ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ހިމެނޭ އެހެން ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ މީހުންގެ މުސާރަ އަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައިފަ އެވެ. ސެޓްލައިޓް ސްކޫލު ތައާރަފުކޮށް، ރަނގަޅު ތައުލީމެއް ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ
މަޖީދިއްޔާއަކީ ދިވެހިންގެ ޝަރަފުގެ ރަމްޒެއް: ރައީސް
އައްޑޫ މަގުތަކުގެ ބިޔަ މަޝްރޫއު ފައްޓަވައިދެއްވައިފި
ރައީސް އާއި ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގެންފި
ރައީސްގެ އައްޑޫ ދަތުރުގައި ބިން ހިއްކާ މަޝްރޫއު ފަށަނީ
ހިރާ ސްކޫލަށް ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް
އެސައިންމަންޓް ގަނެވިއްކުން ކުށަކަށް ވެއްޖެ!
ފެނަކައިގެ ފެން މީޓަރަށް ނަގާ 30ރ. މާފުކޮށްދީފި
އައްޑޫގެ ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި
ހުޅުދޫ/މީދު އަށް ރަށު ކައުންސިލެއް ހޮވުމުގެ ޕެޓިޝަނެއް