17 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ މުއްސަނދި އަށް މީހުންގެ މިލްކިއްޔާތު، މުޅި ދުނިޔޭގެ ހުރިހާ ފަގީރުންގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ 3.6 ބިލިއަން މީހުންގެ މިލްކިއްޔާތާ އެއްވަރު ކަމަށް އެހީގެ ޖަމިއްޔާއެއް ކަމަށްވާ އޮކްސްފަމް އިން ބުނެފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އަށް މީހުންގެ މިލްކިއްޔާތު، މުޅި ދުނިޔޭގެ ހުރިހާ ފަގީރުންގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ 3.6 ބިލިއަން މީހުންގެ މިލްކިއްޔާތާ އެއްވަރު ކަމަށް އެހީގެ ޖަމިއްޔާއެއް ކަމަށްވާ އޮކްސްފަމް އިން ބުނެފި އެވެ.
ބިލިއަނަރުންގެ މިލްކިއްޔާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އޮކްސްފަމް އިން ބުނީ މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ފަރަގު ބޮޑުކަމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު އެ މައްސަލަ އޮތީ ހީކުރާ ވަރަށް ވުރެ ވެސް ނުރައްކާތެރި ހިސާބެއްގައި ކަމަށެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމް ހުޅުވުމާ ދިމާކޮށް ނެރުނު މި ރިޕޯޓާ ގުޅިގެން އިގްތިސާދީ މާހިރުންގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ. އެ ފަރާތްތަކުން ބުނަނީ އޮކްސްފައިމް އިން ވިސްނަންވީ އެހެން މީހުންގެ މިލްކިއްޔާތާ މެދުގައި ނޫން ކަމަށާއި އެހީގެ ޖަމާއަތެއްގެ ގޮތުގައި މަސައްކަތްކުރަންވީ ފަގީރުކަން ކުޑަކުރެވޭނެ ގޮތްތައް ހޯދަން ކަމަށެވެ.
ރިސާޗް އިންސްޓްޓިއުޓެއް ކަމަށްވާ އެޑަމް ސްމިތު އިންސްޓިޓިއުޓްގެ ވެރިޔާ ބެން ސައުތުވުޑް ވިދާޅުވީ އޮކްސްފަމްގެ މައުލޫމާތުގައި މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެ މައުލޫމާތު މާނަކުރަނީ އޮޅުން އަރާ ގޮތަށް ކަމަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އަށް މީހުންނަކީ ބިލް ގޭޓްސް (75 ބިލިއަން ޑޮލަރު)، އަމަންސިއޯ އޮރްޓޭގާ (67 ބިލިއަން ޑޮލަރު)، ވޮރެން ބުފެޓް (60.8 ބިލިއަން ޑޮލަރު)، ކާލޮސް ސްލިމް (50 ބިލިއަން ޑޮލަރު)، ޖެފް ބެޒޯސް (45.2 ބިލިއަން ޑޮލަރު)، މާކް ޒަކަބާގް (44.6 ބިލިއަން ޑޮލަރު)، ލެރީ އެލިސަން (43.6 ބިލިއަން ޑޮލަރު) އަދި މައިކަލް ބްލޫމްބާގް (40 ބިލިއަން ޑޮލަރު) އެވެ.
ބިލިއަނަރުންގެ ތެރެއިން ބައެއް މީހުން މިލްކިއްޔާތުން ބޮޑެތި ހޭދަތައް ކުރެ އެވެ. ބިލް ގޭޓްސް 2000 ވަނަ އަހަރު 44 ބިލިއަން ޑޮލަރާ އެކު އެހީގެ މަސައްކަތް ފައްޓަވާފައި ވާއިރު މާކް ޒަކަބާމް ވަނީ މުޅި މިލްކިއްޔާތުގެ 99 ޕަސެންޓް ޚައިރާތުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބޮޑު 5 މަހުޖަނުންގެ މިލްކިއްޔާތު 4 އަހަރުން ދެ ގުނަ
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟
ކާބޯތަކެތި ދަތިވެ ޒިމްބާބްވޭގައި 200 އެތް ކަތިލަނީ
މަހުޖަނުންގެ މުއްސަނދިކަން ދުވަހަކު ނުދާހާ މައްޗަށް
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލަނީ
ފައިސާ ބެހި ތަނެއްގައި ފިތިބާރުވެގެން ބަޔަކު މަރުވެއްޖެ
އެހީއަށް އިޒްރޭލުން ހުރަސްއަޅަނީ ގަސްތުގައި: އޮކްސްފަމް
މިހާރު އެންމެ މުއްސަނދި މީހަކީ ޖެފް ބެޒޯސް
މަމްސް އިން ޖީނާއަށް އަޅައިދިނީ "ގަނޑުވަރެއް"
ހެޔޮގޮތުގައި މުއާމަލާތު ނުކުރެވޭނަމަ ދީންވެރިކަމެއް ނެތް