އިޒްރޭލުގެ ގާނޫނީ ނިޒާމު އިސްލާހް ކުރުމަށް އެ ގައުމު ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއުލާން ކުރައްވާފައިވާ އިސްލާހީ ފިޔަވަޅުތަކާ ދެކޮޅަށް އިޒްރޭލުގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.
އިޒްރޭލުގެ ގާނޫނީ ނިޒާމު އިސްލާހް ކުރުމަށް އެ ގައުމު ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއުލާން ކުރައްވާފައިވާ އިސްލާހީ ފިޔަވަޅުތަކާ ދެކޮޅަށް އިޒްރޭލުގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.
އިޒްރޭލުގެ ޔަހޫދީންނާއި ފަލަސްތީނުގެ ރައްޔިތުން ވެސް ބައިވެރިވެގެން އިއްޔެ ކުރި މުޒާހަރާތައް، އިޒްރޭލުގެ ވެރިރަށް ތެލް އަބީބް އާއި ގުދުސްގެ އިތުރުން ހައިފާގައި ވެސް ކުރިއަށް ދިޔަ އެވެ. ނަތަންޔާހޫގެ އިސްލާހީ ފިޔަވަޅުތަކާ ދެކޮޅަށް އާންމުން މުޒާހަރާ އަށް މި ނުކުތީ، އެ ފިޔަވަޅުތަކުގެ ސަބަބުން، އެ ގައުމުގެ ގާނޫނީ ނިޒާމުގެ ބާރުތައް ހަނިވެގެންދާ ކަމަށް ބުނެ އެވެ.
Over 100,000 protested in Tel Aviv against the government, in one of the biggest protests in Israel in many years https://t.co/jIpbf2Ky7N
— Common Dreams (@commondreams) January 15, 2023
އިޒްރޭލުގެ ނޫސްތަކުން ބުނި ގޮތުގައި ވެރިރަށް ތަލް އަބީބްގެ ހަބީމާ މައިދާނުގައި އިއްޔެ މުޒާހަރާ ބޭއްވި ވަގުތު ބޯކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް، މަދުވެގެން 80000 މީހުން ބައިވެރިވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލި އެވެ. އަދި މި މުޒާހަރާގައި އެތައް ބަޔަކު ތިބީ ފަލަސްތީނުގެ ދިދަ ވެސް ހިފައިގެންނެވެ.
މުޒާހަރާގައި ބައިވެރިވި މީހުން ބުނި ގޮތުގައި ގާނޫނީ ނިޒާމަށް، ބޮޑުވަޒީރު ނަތަންޔާހޫ ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ އެންމެ ބޮޑު ބޭނުމަކީ، އެ ގައުމުގެ ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކޮށް، އެ ބާރުތައް ސަރުކާރުގެ ވަކި މިނިސްޓަރަކަށް ލިބިދިނުމެވެ. އެ މީހުން ބުނާ ގޮތުގައި ނަތަންޔާހޫ ހުށަހަޅުއްވާފައިވާ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްފި ނަމަ، އެ ގައުމުގައި ޒަމާނުއްސުރެ އުފެދި އަމަލުކުރަމުން އަންނަ، ފާރަވެރިވުމާއި ޒިންމާދާރުކުރުމުގެ ނިޒާމު މުލުން ލުހިގެންދާނެ އެވެ.
Israel is poised for massive demonstrations against its far-right government, which, since taking office, has rushed through plans to overhaul the judiciary system and intensified an internal political crisis that critics warn could quickly turn violent. https://t.co/NyxE1r06Le
— The Washington Post (@washingtonpost) January 14, 2023
ނަތަންޔާހޫގެ އާ ސަރުކާރުން މިދިޔަ ބުދަ ދުވަހު އިއުލާންކުރި އިސްލާހީ ޕްރޮގްރާމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ނަތަންޔާހޫގެ އެ ޕްރޮގްރާމަކީ އެ ގައުމުގެ އަދުލު އިންސާފުގެ ދާއިރާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމެވެ. އަދި އެ ޕްރޮގްރާމްގެ ސަބަބުން، ނަތަންޔާހޫގެ ސަރުކާރަށް އާދަޔާ ޚިލާފު ބާރުތައް ލިބި، ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ބާރު ކެނޑިގެންދާނެ އެވެ.
އިޒްރޭލު ސަރުކާރުގެ ޖަސްޓިސް މިނިސްޓަރު ޔަރީވް ލެވިން، ނަތަންޔާހޫގެ އިސްލާހީ ޕްރޮގްރާމް މި އިއުލާން ކުރެއްވީ، ޓެކުހަށް މަކަރު ހެދުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް ވެސް ވަޒީރުންގެ މަގާމު އަދާކުރެވޭ ގޮތަށް ފާސްކުރި އާ ގާނޫނުގެ ސައްހަކަމާ މެދު ސުޕްރީމް ކޯޓުގައި އަޑުއެހެންތައް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. އެ ގާނޫނާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.
? Massive anti-government protests in #Israel. pic.twitter.com/iflVP6Gl2Y
— Breaking News 24/7 (@Worldsource24) January 14, 2023
ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ ޕްރޮގްރާމަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. އެ ގޮތުން ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ހިމެނެ އެވެ.
އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ ފަސްކޮށްލައިފި
އިޒްރޭލުގެ ދިފާއީވަޒީރު ވަކިކުރުމުން މުޒާހަރާ ހޫނުވެއްޖެ
އިޒްރޭލު ރައްޔިތުން ދެކޮޅު ހަދާ ބިލުތައް ބަލައިގެންފި
ނަތަންޔާހޫއާ ދެކޮޅު މުޒާހަރާގައި ބައި މިލިއަން
އިޒްރޭލުގެ ވައިގެ ސިފައިން ވެސް ނަތަންޔާހޫއާ ދެކޮޅަށް
ނަތަންޔާހޫގެ ސަރުކާރާ ދެކޮޅު މުޒާހަރާ ފުޅާވަނީ
އިޒްރޭލު ސަރުކާރާ ދެކޮޅު މުޒާހަރާ 5 ވަނަ ހަފުތާއަށް
ނަތަންޔާހޫގެ އިސްތިއުފާއަށް އެތައްހާސް ބަޔަކު ގޮވާލައިފި
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން
"ރަހީނުކުރީ ހަމާސް އިން، ދުޝްމަނަކީ ނަތަންޔާހޫ"