ރިޔާދް (ޖެނުއަރީ 16) - ރެއާލް މެޑްރިޑްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕް ބާސެލޯނާއިން ކާމިޔާބުކޮށްފި އެވެ.
ރިޔާދް (ޖެނުއަރީ 16) - ރެއާލް މެޑްރިޑްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕް ބާސެލޯނާއިން ކާމިޔާބުކޮށްފި އެވެ.
ބާސާގެ މި ތައްޓަކީ އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގެ ދަށުން އެ ޓީމުން ހޯދި ފުރަތަމަ ތައްޓެވެ.
ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ކުޅުނު ސުޕަ ކަޕުގެ ފައިނަލުގެ ފުރަތަމަ ހާފުގައި ބާސާއިން ދެ ލަނޑު ޖެހި އެވެ. އެ ޓީމުގެ ރޮބަޓް ލެވަންޑޯސްކީ އާއި ޕަބެލޯ މާޓިން ގަވީ އެ ދެ ލަނޑުގައި ހިއްސާވި އެވެ.
ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ގަވީ ޖެހީ ލެވަންޑޯސްކީ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާގު ނިމުމުގެ ކުރިން ލެވަންޑޯސްކީގެ ލަނޑު އޭނާ ޖެހީ ގަވީ ދިން ބޯޅައަކުންނެވެ.
ދެވަނަ ހާފުގައި ވެސް ޑޮމިނޭޓް ކުރީ ބާސާއިންނެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ޕެޑްރީ ގޮންޒާލޭޒް ޖެހީ 69 ވަނަ މިނެޓްގަ އެވެ. ރެއާލްގެ ހަމައެކަނި ލަނޑު ކެޕްޓަން ކަރީމް ބެންޒެމާ ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތު ތިންވަނަ މިނެޓްގަ އެވެ/،
ރެއާލް ބަލިކޮށް ބާސާއަށް ސުޕަ ކަޕުގެ ކާމިޔާބު
ފެރަން ޓޯރޭޒް ރަޖިސްޓްރީކޮށް ބާސާ ހިންދެމިލައިފި
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
ބާސާގެ ކީޕަރު ގަޑިޖެހުމުން ބެންޗަށް ބަދަލުކޮށްފި
ގަވީ އާއި ޔަމާލްގެ ލަނޑުތަކުން ބާސާ ފައިނަލަށް
ސަސްޕެންޝަނުގައި ހުއްޓަސް ސުޕަ ކަޕްގައި ވިނީ ފެންނާނެ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ރެއާލް މެޑްރިޑުން ކުރަނީ ލަދުވެތިކަމެއް: ލަޕޯޓާ