ޖިއްދާ (ޖެނުއަރީ 13) – ރެއާލް މެޑްރިޑްގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕް، ބާސެލޯނާ އިން ކާމިޔާބުކޮށްފި އެވެ.
13 ޖެނުއަރީ 2025
ޖިއްދާ (ޖެނުއަރީ 13) – ރެއާލް މެޑްރިޑްގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕް، ބާސެލޯނާ އިން ކާމިޔާބުކޮށްފި އެވެ.
މާލީގޮތުން އުނދަގޫ ހާލަތުގައި އޮތް ބާސާއިން ރެއާލްއާ ދެކޮޅަށް ދެއްކި ކުޅުން ގަބޫލުކުރަން ވެސް އެ ޓީމުގެ ކޯޗު ހެންސީ ފްލިކް އަށް ދަތިވި އެވެ.
"މިއަދު [ރޭ] ގެ މެޗަކީ ގަބޫލުކުރަން ވެސް ދަތިވި މެޗެއް. (ޓީމުގެ) ކޯޗުންނަށް އެހާ ހައިރާން ކުރުވަނިވި ކަމަކަށް ނުވެދާނެ. އެކަމަކު ސަޕޯޓަރުންނަށް މިއީ އާދަޔާ ހިލާފު މެޗަށް ވާނެ،" ފްލިކް ބުންޏެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓްގައި ކީލިޔަން އެމްބާޕޭ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ވިހި މިނެޓެއްހާއިރަށް ވެސް ރެއާލަށް ލީޑުގައި ދެމިނޯވެވުނެވެ. ޒުވާން ލަމީން ޔަމާލް މެޗުގެ 22 ވަނަ މިނެޓްގައި ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
އެ ލަނޑަށް ފަހު ބާސާގެ ބާސާގެ ޑޮމިނެޝަން ފެށުނެވެ. އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ފުރަތަމަ ހާފުގައި ޖެހި އެވެ.
އެ ޓީމަށް ލީޑުނަގައިދިން ލަނޑު، ޕެނަލްޓީއަކުން ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ. އޭގެ ތިން މިނެޓް ފަހުން ރަފީނިއާ އެ ޓީމުގެ ލީޑް ފުޅާކޮށްދިނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލްހެންޑްރޯ ބަލްޑޭ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ.
ދެ ވަނަ ހާފު ފެށިގޮތަށް ދެވަނަ މިނެޓްގައި ރަފީނިއާ ބާސާގެ ފަސް ވަނަ ލަނޑު ޖެހި އެވެ. ދެ ލަނޑު ޖެހުމުގެ އިތުރަށް އޭނާ ވަނީ އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ބޮޑުބައެއް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ބާސާގެ އަސްލު ކުޅުން ދެއްކޭގޮތެއް ނުވި އެވެ. އެ ޓީމުގެ ކީޕަރު ވޮއިޒެޗް ޝެޒްނީ އަށް ރެފްރީ ރަތް ކާޑް ދެއްކީ ގޯލް ޖަހަން އެމްބާޕޭ އަށް ލިބުނު ހުސް ފުރުސަތަށް ހުރަސް އެޅުމުގެ ގޮތުން އޭނާގެ ފައިގައި ދަތިއަޅުވައި ވައްޓާލުމުންނެވެ. ވީއޭއާރުން މައްސަލަ ބެލުމަށް ފަހު ރެފްރީ، ޝެޒްނީ އަށް ދެއްކީ ރަތްކާޑެކެވެ.
ބަދަލު ކީޕަރު އިނާކީ ޕެނާ ކުޅެން ނެރުނީ ޕަބެލޯ ގަވީގެ ބަދަލުގަ އެވެ. ޝެޒްނީ ކުރި ފައުލަށް ލިބުނު ހިލޭޖެހުމުން، ރޮޑްރިގޯ ގޮއިސް ރެއާލްގެ ދެ ވަނަ ލަނޑު ޖެހި އެވެ.
ރެއާލް ބަލިކޮށް ސުޕަ ކަޕް ބާސާއިން ހޯދައިފި
ފެރަން ޓޯރޭޒް ރަޖިސްޓްރީކޮށް ބާސާ ހިންދެމިލައިފި
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
ބާސާގެ ކީޕަރު ގަޑިޖެހުމުން ބެންޗަށް ބަދަލުކޮށްފި
ގަވީ އާއި ޔަމާލްގެ ލަނޑުތަކުން ބާސާ ފައިނަލަށް
ސަސްޕެންޝަނުގައި ހުއްޓަސް ސުޕަ ކަޕްގައި ވިނީ ފެންނާނެ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ރެއާލް މެޑްރިޑުން ކުރަނީ ލަދުވެތިކަމެއް: ލަޕޯޓާ