Roadha Mihaaru
ފައިނަލުން ބަލިވުމުން ހިތަށް އުނދަގޫވި: އަންޗެލޮއްޓީ

ފައިނަލުން ބަލިވުމުން ހިތަށް އުނދަގޫވި: އަންޗެލޮއްޓީ

16 ޖެނުއަރީ 2023

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ބަލިވުމުން ހިތަށް އުނދަގޫވި ކަމަށް، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނެފި އެވެ.

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ބަލިވުމުން ހިތަށް އުނދަގޫވި ކަމަށް، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނެފި އެވެ.

އަންޗެލޮއްޓީގެ ރެއާލް، ސުޕަ ކަޕުގައި ރޭ ބާސެލޯނާ އަތުން ބަލިވީ 3-1 ންނެވެ.

"މެޑްރިޑަކީ އާއްމު ގޮތެއްގައި ފައިނަލު މެޗުތަކުގައި ކާމިިޔާބު ހޯދާ ޓީމެއް. އެހެންވީމަ އަހަރެމެންނަށް ވަރަށް އުނދަގޫވި ފައިނަލުގައި ބަލިވީމަ،" އަންޗެލޮއްޓީ ބުންޏެވެ.

"އެކަމަކު މި ޓީމުން މިހާލަތުން އަރައިގަންނާނެ. އެކަމަށް ޝައެއްކެއް ވެސް ނެތް."

ބާސެލޯނާ އަތުން ތިން ލަނޑުން ބަލިވުމުން އެއީ ލަދުވެތި ނަތީޖާއެއްތޯ ސުވާލު ކުރުމުން އަންޗެލޮއްޓީ ބުނީ އައީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އަހަރެމެން އެ ޓީމު އަތުން މި ބަލިވީ ސްޕެނިޝް ލީގުގައި އެންމެ ފަހުން އަހަރެމެން އެ ޓީމު އަތުން މޮޅުވި ނަތީޖާއިން. އެއީ ވެސް 3-1. ކުޅިވަރުގެ ނަޒަރުން ބަލާއިރު މިއީ ލަދުގަންނަން ޖެހޭ ކަމެއް ނޫން."

މިދިޔަ ސީޒަންގައި ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު، ރެއާލުން ކާމިޔާބު ކުރިނަމަވެސް މި ސީޒަންގައި އެ ޓީމަށް އޮތީ އުނދަގޫ ހާލަތެކެވެ. ރޭ ބާސާ އަތުން ބަލިވި މެޗަކީ އެއް ހަފުތާ ތެރޭ އެ ޓީމަށް ކުރިމަތިވި ދެވަނަ ބައްޔެވެ. ލީގުގައި ވިޔަރެއާލް އަތުން ބަލިވެ އެ ޓީމު އޮތީ ބާސާ އާ ތިން ޕޮއިންޓްގެ ފަރަގަކާއެކު އެވެ.