Roadha Mihaaru
އޮސްޓްރޭލިއަން އޯޕަންގައި ރަޝިއާ ދިދަ މަނާކޮށްފި

އޮސްޓްރޭލިއަން އޯޕަންގައި ރަޝިއާ ދިދަ މަނާކޮށްފި

17 ޖެނުއަރީ 2023

މެލްބަން (ޖެނުއަރީ 17) - ގްރޭންޑް ސްލޭމްގެ އެންމެ މަޝްހޫރު އެއް ޓެނިސް މުބާރާތް، އޮސްޓްރޭލިއަން އޯޕަންގައި ރަޝިއާ އާއި ބެލަރޫސްގެ ދިދަ ބޭނުން ކުރުން މަނާކޮށްފި އެވެ.

މެލްބަން (ޖެނުއަރީ 17) - ގްރޭންޑް ސްލޭމްގެ އެންމެ މަޝްހޫރު އެއް ޓެނިސް މުބާރާތް، އޮސްޓްރޭލިއަން އޯޕަންގައި ރަޝިއާ އާއި ބެލަރޫސްގެ ދިދަ ބޭނުން ކުރުން މަނާކޮށްފި އެވެ.

އެ ދެ ގައުމުގެ ދިދަ ބޭނުން ކުރުން، އޮސްޓްރޭލިއާ ޓެނިހުން މަނާ ކުރީ ޔޫކްރޭންގެ ކެޓަރީނާ ބައިންޑްލް އާއި ރަޝިއާގެ ކަމިލާ ރަހީމޯވާ ބައްދަލު ކުރި މެޗުގައި ރަޝިއާގެ ދިދަ ކޯޓްގެ ބައުންޑަރީގައި ވިހުރުވުމުންނެވެ.

"އަހަރެމެން އެންމެ ފުރަތަމަ ވެސް ގެންގުޅުނު ސިޔާސަތަކީ ސަޕޯޓަރުންނަށް ދިދަ ވެއްދޭނެ އުސޫލެއް. އެކަމަކު އިއްޔެ ކޯޓް އެތެރޭގައި ދިދަ ގެންގުޅުނީ،" އޮސްޓްރޭލިއާ ޓެނިސް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"ދިދަ ގެންގުޅުން މިހާރު ފެށިގެން މަނާ. ކުޅުންތެރިންނާއެކު އަހަރެމެން އެއްބާރުލުން އޮންނާނެ. އަދި ސަޕޯޓަރުންނަށް ވެސް މެޗު ބަލާލަން އަންނަ މާހައުލަކީ އެންމެ ރަނގަޅު މާހައުލެއް ކަމަށް އަހަރެމެން ހަދާނަން."

ކުޅިވަރުގެ އެކި ހަރަކާތްތަކުން ރަޝިއާ ތަމްސީލު ކުރުން އޮތީ މަނާކޮށްފަ އެވެ. ޔޫކްރޭން ހަނގުރާމަ އާ ގުޅިގެން އެންމެ ފަހުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ވެސް ރަޝިއާ އާށް ނުދެ އެވެ. މަނާ ބޭސް ބޭޏުން ކުރިކަން ސާބިތުވުމުން އެންމެ ފަހުގެ އޮލިމްޕިކްސްގައި ރަޝިއާގެ ނަމުގައި ގޭމްސްގައި ވާދަކުރުމުގެ ފުރުސަތެއް އެ ގައުމުގެ އެތުލީޓުންނަށް ދީފައެއް ނުވެ އެވެ. ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ބެލަރޫސްއިން ތާއީދު ކުރަނީ ރަޝިއާ އަށެވެ.

އިއްޔެގެ މެޗު ބައިންޑްލް ތިން ސެޓުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރި އެވެ.