ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެތަނުގެ ސާވޭ ފަށައިފި އެވެ.
23 ސެޕްޓެމްބަރ 2020
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެތަނުގެ ސާވޭ ފަށައިފި އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް "މިހާރު" އަށް މިއަދު ވިދާޅުވީ އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގެ ޓީމެއް އިއްޔެ ހަނިމާދު އަށް ގޮސް އެއާޕޯޓުގެ އިނިޝަލް ސާވޭ ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ސާވޭ އަށް ފަހު ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތަފުސީލީ ރިޕޯޓެއް އަންނަ ނޮވެމްބަރު މަހު ނިންމާނެ ކަމަށާއި ޕްރޮޖެކްޓް ބީލަމަށް ލާނީ އެ ރިޕޯޓު ނިމުމުން ކަމަށެވެ.
"އެގްޒިމް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރު ގުޅިގެން ޓެންޑަރިން ޕްރޮސެސް ކުރިއަށް ގެންދާނީ،" ރޯހިތު ވިދާޅުވި އެވެ.
އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އަކީ އިންޑިއާ ސަރުކާރުގެ އެއާޕޯޓުތައް ޑިޒައިންކުރާ އަދި އެ އެއާޕޯޓްތައް މެނޭޖްކުރާ އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނިން އިންޑިއާގެ 100 އަށް ވުރެ ގިނަ އެއާޕޯޓު ހިންގަ އެވެ.
ކުރިން ދެއްވި އިންޓަވިއުއެއްގައި ރޯހިތު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ ލައިން އޮފް ކްރެޑިޓް އެއްބަަސްވުމުގެ ދަށުން ކުރާ މަސަައްކަތްތައް ހަވާލުކުރުމުގައި އިސްކަން ދޭންޖެހޭނީ އިންޑިއާގެ ކުންފުނިތަކަށެވެ. އެހެންވެ، ކޮންޓްރެކްޓަރަކު ހޯދާނީ ބައިނަލްއަގްވާމީ ބީލަމަކުން ކަމަށް ރޯހިތު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ މި އަހަރު ނިމެންވާއިރަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" އޭނާ އޭރު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މުޅި މަަަސައްކަތް ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރޯހިތު ވިދާޅުވި އެވެ. އެއީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭ ޕްރޮޖެކްޓަކަށް ވާތީ އިންޑިއާ އިން ވެސް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާ އިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ
އުފާވެރި ދިރިއުޅުމެއް އޮތީ ދަރަނި ނަގައިގެން: ފައްޔާޒު
ހަނިމާދޫ އެއާޕޯޓް ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"
ހަނިމާދޫ އެއާޕޯޓްގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފަށައިފި
ހަނިމާދޫ އެއާޕޯޓުގެ ބިޔަ މަޝްރޫއު ހަވާލުކޮށްފި
މަޝްރޫއުތަކަކަށް އެޑްވާންސްކޮށް 4 މިލިއަން ރުފިޔާ ދީފި
އައްޑޫ ޓޫރިޒަމް ޕްރޮޖެކްޓަށް އިންޑިއާއިން އެހީ ދީފި
ހަނިމާދޫގައި ބޭރުގައުމެއްގެ ސިފައިންނެއް ނުތިބޭނެ:ރައީސް
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރަނީ