Roadha Mihaaru
"ރައީސާ ދެކޮޅަށް ބަޔަކު ނުކުތީ ޕަޕެޓަކަށް ނުވީމަ"

ރައީސާ ދެކޮޅަށް ނަޝީދު ނުކުންނެވީ ޕަޕެޓަކަށް ނުވީމަ: މަހްލޫފް

20 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުކުންނެވީ އެމަނިކުފާނުގެ ޕަޕެޓަކަށް ރައީސް ނުވުމުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުކުންނެވީ އެމަނިކުފާނުގެ ޕަޕެޓަކަށް ރައީސް ނުވުމުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސްގެ ކެމްޕެއިން ނިންމަން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ރައީސާ ދެކޮޅަށް ނަޝީދު ނިކުންނެވީ އެމަނިކުފާނު ވިދާޅުވިހާ ގޮތަކަށް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ނުކުރެއްވުމާއި އެމަނިކުފާނު ވިދާޅުވާ ގޮތަކަށް ޕަޕެޓަކަށް ވެގެން ރައީސް ނުހުންނަވާތީ ކަމަށެވެ. އެކަމަކު ބަޔަކު ބޭނުންހާ ގޮތަކަށް ރައީސް އަމަލު ކުރައްވަން ނުޖެހޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރަމުން ނުގެންދިއުން. ހުރިހާ ކަމެއް ވިދާޅުވާ ގޮތަކަށް ނުކުރެވޭނެ. މައްސަލައަކީ ވެރިކަން ރައީސް ސޯލިހަށް ދެއްވީ ވެސް ތިމަންނަ އެކަނި ކަމާއި ވެރިކަމުން ބާލާނީ ވެސް ތިމަންނަ އެކަނި ކަމަށް ގަބޫލު ކުރެވޭ ކުރެވުން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ރައީސް ކަމަށް ވާދަކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ހަގީގަތް އޮޅުވާލައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރައިމަރީ ކާމިޔާބު ނުކުރެވިއްޖެ ނަމަ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރާނެ ވާހަކަ. ނޫންނަމަ ގޮސް ހުންނަވާނީ ގޭގައި ކަމަށް ވިދާޅުވާ ވާހަކައަކީ ޑިމޮކްރަސީއާ ބީރަށްޓެހި ވާހަކައެއް،" ގިނަ ދުވަސްތަކަކަށްފަހު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިރޭ މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ގެއްލުން ނުދޭ މިންވަރަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ބައެއް މެމްބަރުންގެ ފަރާތުން ސަރުކާރަށް ގެއްލުން ދީފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ބަދުނާމު ކުރަން ވަރަށް ގިނަ މަސައްކަތްކުރި ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"މި ސަރުކާރުން ކުރިއަށް ގެންދާ އެތައް ހާސް ޕްރޮޖެކްޓްތަކަކީ ބިލާހެއް ކަމަށް ހަދަން މަސައްކަތްކޮށްފި. ދޮގު އެއީ ތެދު ކަމަށް ރައްޔިތުން ގަބޫލު ކުރާ ވަރު ކުރި،" އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަމަލުކުރި ގޮތަށް އިޝާރާތް ކުރައްވައި، މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މިދިޔަ 50 އަހަރު ރަށްރަށުގައި ނުހިންގާ ވަރުގެ ގިނަ މަޝްރޫއުތައް މި ސަރުކާރުން ވޭތުވެދިޔަ މުއްދަތުގައި ހިންގާފައިވާ ކަމަށެވެ. އަދި ރަށްރަށަށް މި ސަރުކާރުން ތަރައްގީ ގެންނާނީ އެއްވެސް ރަށެއްގެ ތަފާތު ކުރުމެއް ނެތި ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.