އެމްޑީޕީއާ އެކު ކުރިއަށް ދާން ބޭނުންވި އާއްމު މެމްބަރުން ޖަމާވެ، އާޓިފިޝަލް ބީޗް ސަރަހައްދުން މިރޭ ދެއްކީ މި މަހުގެ 28 ގައި އޮންނަ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެ ނިމިއްޖެ މަންޒަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާ އެކު ކުރިއަށް ދާން ބޭނުންވި އާއްމު މެމްބަރުން ޖަމާވެ، އާޓިފިޝަލް ބީޗް ސަރަހައްދުން މިރޭ ދެއްކީ މި މަހުގެ 28 ގައި އޮންނަ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެ ނިމިއްޖެ މަންޒަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި ކުރެއްވި ކެމްޕޭން ދަތުރުތަކަށް ފަހު، މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އެ ސަރަހައްދު އޮތީ އެމްޑީޕީގެ މެމްބަރުންނާ އެކު ފުރިބާރުވެފަ އެވެ. މާލޭގެ ގިނަ ރައްޔިތުންނާ އެކު ރަށްރަށުން ވެސް ޖަލްސާގައި ބައިވެރިވި އެވެ.
ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ.
އެމްޑީޕީގެ ސަފުތައް އަތުރާލައި މެމްބަރުން އެ ތަނުގައި ތިބި އަދަދަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީ ބޭނުންވާ ގޮތް މިރޭ ސާފުކޮށްދީފި ކަމަށެވެ. އެއީ އެ މަނިކުފާނާ އެކު ޕްރައިމަރީ ނިންމާލުން ކަމަށް ވިދާޅުވި އެވެ.
އެއްވެސް ޝައްކެއް ނެތް, މިތަނުން މިއަދު މިއޮތީ އެކަން ނިންމާފައި. ނިމިއްޖެ ނިމިއްޖެ ނިމިއްޖެ. -- ރައީސް
ރައީސް ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް އަދި ސިޔާސީ މަސައްކަތް އަބަދުވެސް އެކުގައި ކުރެއްވި ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި މި ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަަމަ ޔަގީންކަން އެބައޮތެވެ.
"އެއްވެސް ޝައްކެއް ނެތް, އެއްވެސް ޝައްކެއް ނެތް, މި ތަނުން މިއަދު މިއޮތީ އެކަން ނިންމާފައި. ނިމިއްޖެ ނިމިއްޖެ ނިމިއްޖެ," ޖޯޝާއި ފޯރީގައި ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޖަލްސާ އަށް އާޓިފިޝަލް ބީޗް ސަރަހައްދު ފުރިބާރުވެފައި: ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާއަކީ މި ފަހުން އެމްޑީޕީން ބޭއްވި އެންމެ ބޮޑު ޖަލްސާ.
ޕްރައިމަރީގެ ވޯޓު ވެސް "ނިމިއްޖެ" ރައީސް ވިދާޅުވާން ފެއްޓެވީ އެ މަނިކުފާނުގެ މި ދައުރުގެ ތެރޭގައި މަޝްރޫއުތައް "އަންނަނީ، އަންނަނީ" ގައި ނުނިމި ލަސްވެފައިވާ ކަމަށް ނަޝީދު އަމާޒުކުރައްވާ ފާޑުވިދާޅުވުންތަކަށެވެ. ރައީސް މިރޭ ވަނީ އެ މަނިކުފާނުގެ މި ވެރިކަމުގައި މަޝްރޫއުތައް އަންނަނީ ކަމަަށް ފާޑުވިދާޅުނުވެވޭކަން މަޝްރޫއުތަކުގެ އަދަދުތަކުން ދައްކަވައިފަ އެވެ.
މި ދައުރުގެ ތެރޭގައި ފަށައިގެން މިހާތަނަށް ނިމިފައި ހުރި ގިނަ މަޝްރޫއުތައް ތަފްސީލްކޮށްދެއްވި އެވެ. މަޝްރޫއުތައް އަންނަނީ ކަމަށް ވާދަވެރިޔާ، ނަޝީދަށް ވެސް ފާޑުވިދާޅުނުވެވޭނެ ސަބަބަކީ އެއްވެސް ސަރުކާރަކަށް ނުގެނެވޭހާ ގިނަ މަޝްރޫއުތައް މި ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދީފައިވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
- ވެރިކަމެއްގައި، އެންމެ ގިނަ މަޝްރޫއު ހިނގީ މި ދައުރުގައި.
- އެއްވެސް ސަރުކާރެއްގައި މިއަދަދަށް ޕްރޮޖެކްޓް ހިންގި ތަން ނުފެންނާނެ.
- މި ޕްރައިމަރީއަކީ އެމްޑީޕީ އާއި މުޅި ރާއްޖެއަށް މުހިއްމު ފުރުސަތެއް.
- މިއީ ރާއްޖޭގެ މަސްލަހަތު ހިފަހައްޓާ ވޯޓަކަށް ހަދާނަން.
- އެމްޑީޕީގެ ދެ ވަނަ ދައުރަކަށް މިހިރީ ތައްޔާރަށް.
- މަޝްރޫއުތައް ބާރުމިނުގައި ގެންގޮސް މުޅި ރާއްޖެއަށް ބޮޑު ބަދަލެއް ފެންނާނެ.
- އަތޮޅު ތެރޭގެ ތަރައްގީ ވަށައި ޖެހި މާލެއަށް ލުއި ލިބޭނެ.
- ހާސްކަމުން ނެއްޓި ހަމަޖެހޭ ދިރިއުޅުމެއް މުޅި ރާއްޖެއަށް ލިބޭނެ.
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ސަޕޯޓަރުންގެ ތެރޭގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައީސް ވިދާޅުވީ އަންނަނީ ކަމަށް ވިދާޅުވާ ހުރިހާ ކަމެއް މި ސަރުކާރުގައި އަންނަނީ ވައުދުވި ގޮތަށް ފުރިހަމަކޮށްދެމުން ކަމަށެވެ. މިސާލު ދައްކަވަމުން މިހާތަނަށް މި ސަރުކާރުން ނިންމައި ރައްޔިތުންނަށް ފައިދާ ވަމުން އަންނަ މަޝްރޫއުތަކުގެ ތަފްސީލް ދެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި މާލޭގެ މީހުންނަށް އިން ކަނޑައި ގޯތި ދޭނީ ވެސް އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގަ އެވެ. "ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށައި ނިންމައި ފްލެޓުގެ ތަޅުދަނޑި އަތަށް ދޭނީ އަޅުގަނޑު," ރައީސް ވިދާޅުވި އެވެ. އެ ފްލެޓްތައް ތަފާތުވާނެ ކަމަށާއި އަމިއްލައަށް އެކަން ތަޖުރިބާކުރައްވަން ރައީސް އެދިވަޑައިގަތެވެ.
ރައީސް މިރޭ ވަނީ އެމްޑީޕީގެ މި ޕްރައިމަރީގެ ކެމްޕޭންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތައުރީފްކުރައްވައި ނަޝީދު ދައްކަވާ ވާހަކަފުޅުތަކާ މެދު ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަށްޓަކައި ވެސް ކުރަން ހެޔޮނުވާވަރުގެ ކަންކަން ހުންނާނެ އެވެ.
އެ އަނިޔާ އާއި ބިރަށް އަޅުގަނޑު އޯކޭއެއް ނޫން. އެ މީހުންނާ އެކީ އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ. -- ރައީސް
މި ސަރުކާރުގެ ހަތަރު އަހަރަށް ވުރެން ޔާމީންގެ ވެރިކަމާއި އެމަނިކުފާނު ވެރިކަން ކުރެއްވި ގޮތާ ރުހިވަޑައިގަންނަވާ ކަމަށް ދޭހަވާ ގޮތަށް ނަޝީދު ކުރައްވާ ތައުރީފްގެ ރައްދުގައި ރައީސް ހަނދާންކޮށްދެއްވީ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުން ތިބި ބިރުވެރި ހާލަތެވެ. އަނިޔާވެރިކަން ފެތުރިފައި އޮތް މިންވަރު ހަނދާން ނުނެތޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގެ ސްޓޭޖުގައި ސަޕޯޓަރުންނާއެކު އަތްޖައްސަވަނީ.
ރައީސް ވިދާޅުވީ އެ ސިފަތައް އެނބުރި ރާއްޖެ ގެނައުމަށް އެއްވެސް ވަރަކަށް ދުލެއް ނުދެވޭނެ ކަމަށެވެ.
"އެ އަނިޔާ އާއި ބިރަށް އަޅުގަނޑު އޯކޭއެއް ނޫން. އެ މީހުންނާ އެކީ އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ," ރައީސް ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި އޮތް ޖަލްސާއަށް މީހުން ޖަމާވެފައި. މި ސަރުކާރުގެ މަޝްރޫއުތަކުގެ ތަފްސީލު މި ޖަލްސާގައި ރައީސް ތަކުރާރު ކުރެއްވި.
ކެމްޕޭންގައި ޕީޕީއެމްގެ މެމްބަރުން ރުހޭ ގޮތަށް ޔާމީން މޮޅުކޮށް ނަޝީދު ވާހަކަ ދައްކަވާއިރު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެމްޑީޕީ އެކަނިވެ އެހެން ހުރިހާ ޕާޓީތަކުން ދެކޮޅަށް ނުކުމެ މަގުމަތިވާން ޖެހުނީ އެމްޑީޕީގެ މެމްބަރުންގެ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށް ވިދާޅުވެ ވެސް ރައީސް ރައްދު ދެއްވި އެވެ.
ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ: އަނިޔާވެރިކަމަށް އެނބުރި ރާއްޖެ ގެންދަން ބޭނުން ނުވާ ކަމަށް ވިދާޅުވި.
އެމްޑީޕީގެ މެމްބަރުންނަކީ، ރައީސް ވިދާޅުވި ގޮތުގައި، އަނިޔާގައި އެންމެ ބިރުވެރި ތަޖުރިބާކޮށްފައި ތިބި މީހުންނެވެ. އެނބުރި އެ މާޒީއަށްދާން ބޭނުން ނުވާ ކަމަށާއި އެމްޑީޕީގެ މެމްބަރުން ތިބީ އެމަނިކުފާނާ އެކު ކުރިއަށް ދާން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ ކެމްޕޭންގައި ބޭނުންކުރައްވާ ސްލޯގަން "އެމްޑީޕީ ކުރިއަށް" މެމްބަރުންނާ އެކު ތަކުރާރު ކުރައްވަމުންނެވެ.
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުތުން ގަވާއިދާ ހިލާފު!
ނަޝީދު ބަލި ގަބޫލުކޮށްފި، ބޭނުމީ ސިޔާސީ ވަކިހަރަކާތެއް
ޝިފާޒް ލަވަޔަކުން ވިދާޅުވީ "މަރުފަލިޖަހަނީ" ކަމަށް!