ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދާ ހިލާފުވާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނިންމައި، ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ އާ ގަވާއިދެއް ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފި އެވެ.
22 ޖެނުއަރީ 2023
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދާ ހިލާފުވާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނިންމައި، ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ އާ ގަވާއިދެއް ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފި އެވެ.
މިނިސްޓްރީން ނެރުނު ގަވައިދުގައި ބުނީ ކަނޑު އުޅަނދު ދުއްވުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ އެ މީހެއްގެ ލައިސަންސް 48 ގަޑިއިރާއި އެއް މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާނެ ކަމަށެވެ.
ލައިސަންސް ހިފަހައްޓާފައި ވަނިކޮށް، އުޅަނދެއް ދުއްވައިފި ނަމަ ފުރަތަމަ ފަހަރަށް 1،500ރ. އިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރާނެ އެވެ. ދެވަނަ ފަހަރު 3000 ރުފިޔާ އިން ޖޫރިމަނާކޮށް، ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އޭގައިވެ އެވެ.
އަދި އެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހަށް މައްސަލަ ހުށަހެޅޭނެކަމަށް ވެސް އެ ގަވާއިދުގައި ވެ އެވެ.
ލައިސަންސް ބާތިލުކޮށްފައިވަނިކޮށް ކަނޑުގައި ދުއްވާ އުޅަނދެއް ދުއްވައިފިކަން ސާބިތުވެއްޖެ ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން އެ ގަވައިދުގައި ބުނީ ބިދޭސީންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުނޅަދުފަހަރު ދުއްވުމުގެ ލައިސަންސަށް ހުށަހެޅޭނީ ރާއްޖޭގައި ވޯޓާ ސްޕޯޓްސް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ވޯކަ ޕާމިޓް ނުވަތަ ވޯކް ވިސާ ނުވަތަ ރެސިޑެންސް ކޮޕީ ހުށަހެޅުމުން ކަމަށެވެ.
އާ ގަވައިދުގެ ދަށުން ކަނޑު އުޅަނދު ދުއްވާ ފަރާތްތަކުގެ ދަފުތަރެއް ވެސް މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ.
ބިދޭސީންނަށް ވެހިކަލް ރަޖިސްޓްރީކޮށް ދިނުން ހުއްޓާލައިފި
ކޮޅުވެއްޓިތައް ފުށުންޖެހެނީ؛ ގޯސްވީ ކޮން ކަމެއް؟
ހެލިކޮޕްޓަރު އޮޕަރޭޓަރުކުރާނެ ބަޔަކު އަލުން ހޯދަނީ
މާފަށް އެދުނު ވައްޑެ ސްޓޭޓް މިނިސްޓަރަކަށް!
ކަނޑުދަތުރު ކުރާ އުޅަނދުތައް ޗެކްކުރުމުގެ އޮޕަރޭޝަނެއް
ކުލީ ޕާކިން ސްލޮޓްތައް ކެންސަލްކޮށް އެންމެންނަށް!
ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިއްޖެ
އާރުޓީއެލް ފެރީ ބ.އަތޮޅުގައި އަންނަ ހަފުތާގައި ފަށަނީ
ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރަން ހުއްދަ ނަގަންޖެހޭ
ރ. އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި