23 ޖެނުއަރީ 2023
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް މިއަދު އައްޑުއަށް ވަޑައިގެންފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް މިއަދު އައްޑުއަށް ވަޑައިގެންފި އެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހިތަދޫ އަށެވެ. އެއަށްފަހު، މި ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ އެވެ. އޭގެ ފަހުން ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދާއެކު މި ދަތުރުފުޅުގައި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި ދިޔާނާ ސައީދު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައި ނަޝީދު ގެންދަވަނީ ކެމްޕެއިނަށް މިދިޔަ މަހުން ފެށިގެން އެކި ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. މިއަދު އައްޑުއަށް ވަޑައިގަތުމުން، މި ކެމްޕެއިންގައި 70 އަށް ވުރެ ގިނަ ރަށާއެކު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގަނެވުނީ އެވެ.
"ފިކުރެއްގެ ދިރުން" ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިންގެ ތިން ޓީމަކުން ވެސް އަންނަނީ ރާއްޖޭގެ ތިން ހިސާބެއްގައި ކެމްޕެއިން ކުރައްވަމުންނެވެ. އެ ދަތުރު ނިމުމުން، ނަޝީދުގެ ކެމްޕެއިން ޓީމުން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުނީ އެވެ.
ވާދަވެރި ކެމްޕެއިން ނިންމާލަން އައްޑުއަށް ވަޑައިގެންނެވިއިރު، ނަޝީދު ވަނީ އެ މަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ އައްޑޫ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެ މަނިކުފާނުގެ ކެމްޕެއިން އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ ޕާޓީގެ ރިޔާސީ ޕްރައިމަރީއާއެކު ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް އަރުވައިފި
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ފެކްޝަންތަކާއެކު މަސައްކަތްކުރުމަށް ނަޝީދު ގޮވާލައްވައިފި
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ: އިދިކޮޅަށް ވާނީ ފަސޭހަ
އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނަޝީދުގެ ނެތް