Roadha Mihaaru
އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނަޝީދުގެ ނެތް

އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނަޝީދުގެ ނެތް

30 ޖެނުއަރީ 2023

ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތަސް އެމްޑީޕީ ދޫކޮށްލެއްވުން އަދި އެހެން ޕާޓީއެއް ހެދުމުގެ ވިސްނުންފުޅެއް ވެސް ނެތް ކަމަށް އެ ޕްރައިމަރީން ބަލިވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެ މަނިކުފާނު އެހެން ވިދާޅުވީ، ކެމްޕެއިން ޓީމުތަކަށް ދޮންމަނިކު ސްކައި ވިއު ރެސްޓޯރަންޓުން ދެއްވި ކެއުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދުގެ ވިސްނުންފުޅު ހުރީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހަދައިގެން ކުރިއަށް ގެންދާށެވެ.

"އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީއަކީ. އަދި އަޅުގަނޑު ދެކޭގޮތުގައި އެއީ އުވޭނެ ޕާޓީއެއް ވެސް ނޫން. ބަލިވާނެ ޕާޓީއެއް ވެސް ނޫން. އެއީ ގަދަ ޕާޓީއެއް،" ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، އެމްޑީޕީ ދޫކުރައްވާފައި ވަޑައިގަތުމަށް އެ މަނިކުފާނު ދުވަހަކު ވެސް ގަސްދެއް ނުކުރައްވަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ދޮންމަނިކު ވިއު ރެސްޓޯރަންޓްގައި މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަޅުގަނޑު ދެކޭގޮތުގައި އެ ޕާޓީގެ ތެރޭގައި އަޅުގަނޑުމެންނަށް އިންތިޒާމު ވެވޭނެ. އެ ޕާޓީގެ ހިންގާ ގަވާއިދު ވެސް ޖާގަ ދޭނެ. އަދި އެ ޕާޓީގެ ރޫހާއި އެ ޕާޓީގެ އުސޫލުތައް ވެސް މި ކަމަށް ޖާގަ ދޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މީގެ 20 އަހަރުކުރިން އެމްޑީޕީ އުފެއްދީ ވެސް އެކަމަށް ފުރުސަތު ދީގެން ނޫން ކަމަށެވެ. އެހެންވެ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ނަޝީދު ގެންގުޅުއްވި "ފިކުރެއްގެ ދިރުން" ސްލޯގަންގެ ގޮފި ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ވަކި ގޮތްޕެއް ހެދުމާ މެދު ނަޝީދު އަލުން ވިސްނެވުމަށް އެދިވަޑައިގެންފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ދޮންމަނިކު ވިއު ރެސްޓޯރަންޓްގައި މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ދޮންމަނިކު ވިއު ރެސްޓޯރަންޓްގައި މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕްރައިމަރީގެ ކެމްޕެއިންގެ ތެރޭގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 2،000 އެއްހާ ގެ އަށް ވަޑައިގެންފި ކަމަށާއި އިވިވަޑައިގެންނެވި ވާހަކަތަކަށް ބަލާއިރު އެ މަނިކުފާނު ބޭނުންފުޅުވަނީ ސަރުކާރަށް ބަރޯސާ ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާ މީހުން އެ ގޮތްޕާ ގުޅުންކަން ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގެ ތެރޭގައި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ސާފު ޖަވާބެއް ނުދެއްވަ އެވެ. ނަޝީދު ވިދާޅުވީ ވިދާޅުވީ މިހާރު މަސައްކަތްކުރައްވަނީ ކޮންމެ ރަށެއްގައި ވެސް ފިކުރެއްގެ ދިރުންގެ އެކި ގޮފިތައް ހަދައި 50،000 މެމްބަރުން ހަމަކުރުމަށެވެ.

އަންނަ ޖުލައި މަސް ނިމެންވާއިރަށް އެ އަދަދަށް މީހުން ހަމަވެ، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ނިންމާނެ ކަމަށާއި އެކަމަކު، މިހާރު އެންމެ އިސްކަން ދޭންވީ ގޮތްޕަށް މީހުން ވަނުން ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަޅުގަނޑުމެންގެ ގޮތްޕަތް ވަންނަ މީހުންނަކީ މި ފިކުރު ދިރުވާށާ މި ކަމުގައި އުޅުމަށް ނިޔަތް ގަނެގެން އެ މީހުން އަމިއްލައަށް ވަންނަ މީހުންނަށް ވުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެއީ އަޅުގަނޑުމެން ގޮތްގޮތަށް ގަނެ، އެއްޗެއް ދީ، އެހެން ހަދާ، މިހެން ހަދާ، އެހެން ހެދޭނެ ބައެއް ނޫން. އަދި މި ޕާޓީއަކީ އެ މީހުން އަބަދު ވެސް ވަކާލާތުކުރަނީ އަމިއްލަ މަސައްކަތުން އުޅެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަން." ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާ އެ ބޭފުޅުން ހިލާފެއް ނުވާނެ ކަމަށެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ޕްރައިމަރީއަކީ ރިޔާސީ އިންތިހާބުން މޮޅުވެވޭނެ ނަތީޖާއެއް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ނަޝީދު ވަނީ ތަކުރާރުކުރައްވައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ފުރަތަމަ ފަހަރަށް މިއަދު ބޭއްވެވި ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އީވާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަޅުގަނޑުގެ އަމާޒަކީ ޕާޓީއަށް ރަނގަޅު ގޮތް ވުން. ޕާޓީ މޮޅުވާނެ ގޮތްގޮތަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދިއުން. މި 2023 ގެ ރިޔާސީ އިންތިހާބު މިއީ އެމްޑީޕީއަށް ގެއްލޭ އެއްޗަކަށް އަޅުގަނޑުމެންނަށް ހެދޭކަށް ނެތް. އެއަށްވުރެ މިއީ މާ މުހިއްމު މަސައްކަތެއް." އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެ މަނިކުފާނު ވެސް ވަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވަން ޕާޓީއާ އެކުގައި ކުރިއަށް ވަޑައިގަތުމަށް ނަޝީދަށް ދައުވަތު ދެއްވައިފަ އެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގައި "މީހުންނެއް" މުހިއްމު ނުވާ ކަމަށެވެ. އުސޫލުތަކާއި ފަލްސަފާތައް ވެސް މުހިއްމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގައި ބައިވެރިވެވަޑައިގަތުމަށް އެއްވެސް ހާލަތެއްގައި އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަން ހަދާނެތޯ "މިހާރު"ން ކުރި ސުވާލަށް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެސް ބައިވެރިވެވަޑައިގެން ކޯލިޝަނުން ކަމަށެވެ. އެމްޑީޕީގެ ފަލްސަފާ ތަންފީޒުވާނެ ސަރުކާރެއް އޮތުމަކީ އަބަދު ވެސް އަމާޒެއް ކަމަށާއި އެކަން ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.