Roadha Mihaaru

ޕީއެސްއެމުން ފުރުސަތު ނުލިބޭތީ އިދިކޮޅުން ކުންފުނީގެ އިސްވެރިންގެ އަރިހަށް

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދޭ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ ޝަކުވާތައް އެ ކުންފުނީގެ އިސްވެރިންނަށް މިއަދު ހުށަހަޅައިފި އެވެ.

ފުރުސަތު ނުލިބޭތީ، އިދިކޮޅުން ޕީއެސްއެމަށް!
މޫސާ ރަޝީދު
މޫސާ ރަޝީދު

24 ޖެނުއަރީ 2023

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދޭ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ ޝަކުވާތައް އެ ކުންފުނީގެ އިސްވެރިންނަށް މިއަދު ހުށަހަޅައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މިއަދު ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި އެ ކުންފުނީގެ ބައެއް އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅަށް ފުރުސަތު ނުލިބޭ ކަމާއި ހަމަހަމަ ކަމާއެކު ޚަބަރުތަކުން ފުރުސަތު ނުލިބޭ މައްސަލަ ލީޑާޝިޕުން ފާހަގަކުރި ކަމަށެވެ.

ވަކި ޕާޓީއެއް ޕްރޮމޯޓު ކުރުމާއި ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކަންކަން ވެސް ދައުލަތުގެ މީޑިއާ އިން ޕްރޮމޯޓު ކުރަމުންދާ ކަމަށާއި ރައީސްގެ ކެމްޕެއިނަށް ޕީއެސްއެމްގެ މުއައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރާ މައްސަލަ ވެސް ލީޑަޝިޕުން ފާހަގަކުރި ކަމަށް ހީނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ބައެއް އިސްވެރިން، ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދާއި އެ ކުންފުނީގެ ބައެއް އިސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ބައެއް އިސްވެރިން، ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދާއި އެ ކުންފުނީގެ ބައެއް އިސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ.

"އެމްޑީޕީގެ ޕްރައިމަރީ ތެރޭގައި ވެސް ރައީސް އިބްރާހިމްގެ ހަރަކާތް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭކަން ފާހަގަކުރެވުނު،" ހީނާ ވިދާޅުވި އެވެ.

ޕީޕީއެމާއި ޕީއެންސީން ވަނީ ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުގެ ބަހެއް ހޯދުމަށާއި އެ ފަރާތްތަކުގެ ޚަބަރުތައް ގެނެސްދިނުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ޕީއެސްއެމްގެ ޒިންމާ ފުރިހަމަ އަށް އަދާ ކުރުމަށް ވެސް އެ ފަރާތްތަކުން ގޮވާލި އެވެ.

ދައުލަތުގެ ހަރަދުގައި ހިންގާ ޕީއެސްއެމުން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދޭ ކަމުގެ ޝަކުވާ ޕީޕީއެމުން ސަރުކާރު ހިންގި ދުވަސްވަރު ވެސް އޮތެވެ. އޭރު އިދިކޮޅުގައި އޮތީ އެމްޑީޕީ އެވެ.