Roadha Mihaaru
ޔާމީން މިނިވަންކުރަން ގޮވާލައި ބޮޑު ހިނގާލުމެއް!

ކުރީ ސަފުގައި އިދިކޮޅު ލީޑާޝިޕް ތިބެގެން ޔާމީން މިނިވަންކުރަން ގޮވާލައި ބޮޑު ހިނގާލުމެއް!

03 ފެބުރުއަރީ 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި މިއަދު ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި މިއަދު ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި ހިނގާލުމުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގެ އެންމެ ކުރީ ސަފުން އިދިކޮޅުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުން ފެނުނެވެ. މިއީ މިފަދަ އެއްވުމެއްގައި އިދިކޮޅުގެ ލީޑާޝިޕްގައި ހިމެނޭ މިހާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

"ބުންވަރު ހިނގާލުން"ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި ބޭއްވި ބޮޑު ހިނގާލުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ބުންވަރު ހިނގާލުން"ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި ބޭއްވި ބޮޑު ހިނގާލުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ކުރީގެ ނައިބް ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވެސް މި އެއްވުމުގައި ކުރީ ސަފުގައި ތިއްބެވި އެވެ.

"ބުންވަރު ހިނގާލުން" ގެ ނަމުގައި ބޭއްވި މި ހިނގާލުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅުން އިއްޔެ ފެށި ކުރިއަށް ގެންދާ "ހޯޕް ކޮންފަރެންސް" ގެ ތެރެއިން ބޭއްވި ހާއްސަ ހަރަކާތެކެވެ.

"ބުންވަރު ހިނގާލުން"ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި ބޭއްވި ބޮޑު ހިނގާލުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ބުންވަރު ހިނގާލުން"ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މާލޭގައި ބޭއްވި ބޮޑު ހިނގާލުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ހިނގާލުމުގެ ބައިވެރިން ގޮވައިލީ ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ޔާމީން މިނިވަންކޮށް، އިންސާފު ގާއިމްކުރުމަށެވެ.

އިދިކޮޅުގެ "ހޯޕް ކޮންފަރެންސް" ގައި 1،000 އަށް ވުރެ ގިނަ މަންދޫބުން ރަޖިސްޓްރީކޮށްފައިވެ އެވެ. އެ ކޮންފަރެންސްގައި ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި ކެމްޕޭންގެ ދަތުރުތައް އަލުން ފެށުމާއި ޕާޓީ އަލުން ތަރުތީބުކޮށް އެއްބައިވަންތަކަމާއެކު އިންތިހާބަށް ނުކުތުމަށް މެމްބަރުންގެ ބައްދަލުވުންތައް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ކޮންފަރެންސް ބާއްވަނީ މާދަމާގެ ނިޔަލަށެވެ.

"ހޯޕް ކޮންފަރެންސް" ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ޖަލްސާގައި އިދިކޮޅުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންހެން ވިދާޅުވީ ޔާމީން ނޫން ކެންޑިޑޭޓެއް ބޭނުންނުވާ ކަމަށެވެ. ޖަލު ހުކުމެއް އިއްވުމާއެކު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ދޮރު ޔާމީނަށް ބަންދުވެފައި ވިޔަސް، އިދިކޮޅުން ބުނަމުން ދަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށެވެ.

މި ކޮންފަރެންސް ނިންމާލުމުގެ ގޮތުން މާދަމާ ރޭ "ދުއްޕާން" ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.