Roadha Mihaaru
ފަރަކަށް އެރި 2 އުޅަނދަށް 100 މިލިއަންގެ ޖޫރިމަނާ

ވާވެއްދި ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި

25 ޖެނުއަރީ 2023

ކ. އަތޮޅު ވާވެއްދިފަރަށް ބާޖަކާއި ޓަގެއް އެރުމުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. ދެ އުޅަނދު ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 23 ގަ އެވެ. އޭއެމް އޭއޭޖީއޭއެމް ބާޖާއި އޭއެމް އޭއެލްޕީއައިޓީގެ ވެރިފަރާތަކީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކ. އަތޮޅު ވާވެއްދިފަރަށް ބާޖަކާއި ޓަގެއް އެރުމުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. ދެ އުޅަނދު ފަރަށް އަރާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 23 ގަ އެވެ. އޭއެމް އޭއޭޖީއޭއެމް ބާޖާއި އޭއެމް އޭއެލްޕީއައިޓީގެ ވެރިފަރާތަކީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އެވެ.

އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ ސަރަހައްދަށް ގޮސް ސާވޭ ކޮށްފައިވާ ކަމަށެވެ.

"އެ ފަރުގެ 3،926 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިވޭ،" އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ.

އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް 100 މިލިއަން ރުފިޔާ ދައްކަން ވެރިފަރާތަށް މިހާރު އަންގާފައިވާ ކަމަށް އީޕީއެން ބުންޏެވެ.

ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް، ކަނޑައެޅި ޖުމުލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 148,381,500.00ރ. އެވެ. ނަމަވެސް ތިމާވެއްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ޖޫރިމަނާގެ އަދަދު 100 މިލިއަން ރުފިޔާއަށް ދަށްވީ ކަމަށް އީޕީއޭ އިން ބުންޏެެވެ.

އީޕީއޭ އަށް، އެ ފައިސާ ދެއްކުމަށް ދި މިޑްލްއީސްޓް މެރިން އެލްއެލްސީ އަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.