ޓެކް ކުންފުނިތަކުން އެތައް ހާސް ބަޔަކު ވަޒީފާއިން ވަކިކުރާތީ މިހާރު އެބަ ފެނެ އެވެ. އެންމެ ފަހުން، އެންމެ ފަހުން ސްޕޮޓިފައިން ވަނީ 600 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. މިއީ އެ ކުންފުނީގެ ހަ ޕަސެންޓެވެ.
26 ޖެނުއަރީ 2023
ޓެކް ކުންފުނިތަކުން އެތައް ހާސް ބަޔަކު ވަޒީފާއިން ވަކިކުރާތީ މިހާރު އެބަ ފެނެ އެވެ. އެންމެ ފަހުން، އެންމެ ފަހުން ސްޕޮޓިފައިން ވަނީ 600 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. މިއީ އެ ކުންފުނީގެ ހަ ޕަސެންޓެވެ.
މި އަދަދާ އެކު މި އަހަރުގެ މިހާތަނަށް، ބޮޑެތި ޓެކް ކުންފުނިތަކުން ވަޒީފާއިން ވަކިކުރި މީހުންގެ އަދަދު ވަނީ 57،000 އަށް އަރައިފަ އެވެ. މިދިޔަ އަހަރު އެ އިންޑަސްޓްރީން 160،000 އާ ގާތްކުރާ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް ފެތުރެން ފެށިތާ ކުރީކޮޅު، 2020 ވަނަ އަހަރުގެ ކުރީކޮޅާއި މިދިޔަ އަހަރުގެ ކުރީ ކޮޅު، ޓެކް ކުންފުނިތަކުން ވަނީ އިތުރު މީހުންނަށް ވަޒީފާ ދީފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވާ ގޮތުން، ގޫގުލްގެ ޕޭރެންޓު ކުންފުނި އަލްފަބެޓް އިން މިދިޔަ އަހަރު 30،000 އަށް ވުރެ ގިނަ ވަޒީފާ އިތުރު ކުރި އެވެ. ނަމަވެސް، ދާދި ފަހުން ވަނީ އެކުންފުނިން 12،000 ވަޒީފާ އުވާލާނެ ކަމަށް ބުނެފަ އެވެ.
މައިކްރޮސޮފްޓްގެ ހެޑް އޮފީސް
މައިކްރޮސޮފްޓުން ވެސް އެ ކުންފުނީގެ ނިމުނު މާލީ އަހަރުގައި 40،000 އަށް ވުރެ ގިނަ ވަޒީފާ އިތުރުކުރުމަށް ފަހު، މިދިޔަ ހަފްތާ ވަނީ 10،000 މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެފަ އެވެ.
ކޮވިޑްގެ ދުވަސްވަރު ލޮކްޑައުންއާ ހެދި ގިނަ ބަޔަކު އައީ ޓެކްނޮލޮޖީ އަށް ބަރޯސާ ވަމުންނެވެ. ނަމަވެސް، ލޮކްޑައުން އުވާލުމާ އެކު، ކުންފުނިތަކުން ގަބޫލުކުރާ "ޓެކް ސެންޓްރިކް" މުސްތަގުބަލެއް އަދި ނާންނަކަން އެނގުނެވެ. ގިނަ ވަޒީފާތަށް އުވާލީ އެހެންވެ ކަމަށް ގަބޫލުކުރާ ގިނަ ބަޔަކު އުޅެ އެވެ.
ފަހަކަށް އައިސް އިންޓްރެސްޓު ރޭޓްތައް މަތިވުމުގެ ސަބަބުން ލޯނަށް ފައިސާ ނެގުން ވަނީ ވަރަށް އަގުބޮޑުވެފަ އެވެ. އަގުހެޔޮކޮށް ފައިސާ ނުލިބި އިންވެސްޓަރުން ކުންފުނިތަކަށް އިންވެސްޓުކުރަން ޖެހިލުންވެ އެވެ.
ޓެކް ކުންފުނިތަކުގެ މިހާރުގެ އަމާޒަކީ ލޯންގްޓާމް ގްރޯތަށް ވުރެ ބޮޑަށް ފައިސާ ހޯދުމެވެ. އެހެންވެ، އެފަދަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް މަދުކުރުން ވީ އިންވެސްޓަރުން ގަޔާވި ކަމަކަށެވެ.
މީހަކު ސްޕޮޓިފައި އެޕް ބޭނުން ކުރަނީ.
ސްޕޮޓިފައިން ވެސް ވަޒީފާއިން މީހުން ވަކިކުރާ ވާހަކަ އިއުލާނުކުރި ފަހުން އެ ކުންފުނީގެ ސްޓޮކް ވަނީ ފަސް ޕަސެންޓު މައްޗަށް ގޮސްފަ އެވެ. އަލްފަބެޓް އަދި ވޭފެއާ ކުންފުނީގެ ސްޓޮކުތައް ވެސް ވަޒީފާ މަދުކުރާނެ ކަން އިއުލާނުކުރުމުން ވަނީ މައްޗަށް ޖެހިފަ އެވެ.
އެފަދަ ގޮތަކަށް ކުންފުނިތަކުން ވަޒީފާ އުނިކުރުމުގެ އެއް ސަބަބެއްގެ ގޮތުގައި "ދަ އެޓްލާންޓިކް" ގެ ލިޔުމެއްގައި ބުނީ އެއީ މާކެޓުގައި އަވަހަށް ކުރިއަރައި ދިއުމަށް ޓެކް ކުންފުނިތަކުގެ ސީއީއޯ އިން އެކަކު އަނެކަކު ނަކަލުކުރަނީ ކަމަށެވެ.
މިހާތަނަށް، ގޫގުލް، މައިކްރޮސޮފްޓް، މެޓަ، އެމަޒޮން، ސޭލްސް ފޯސް، ސްނެޕްޗެޓް، ޓްވިޓާ އަދި ވާނާބްރޯސް އިން ވަނީ ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފަ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ގޫގުލް ހިންގާ އަލްފަބެޓްގެ އަގު ޓްރިލިއަން ޑޮލަރަށް
ގޫގުލްއިން މެލޭޝިއާގައި 2 ބިލިއަން އިންވެސްޓުކުރަނީ
ގޫގުލް ޗެޓްބޮޓްގެ ޖަވާބަކުން 100 ބިލިއަން ގެއްލުން
ގޫގުލް އިން "ޗެޓްޖީޕީޓީ" އާ ވާދަކުރަން ޗެޓް ބޮޓެއް
ގޫގުލްގެ ސީއީއޯގެ މައްސަލައެއް ފުލުހުންނަށް
ގޫގުލް އިން އަންނަ އަހަރު ސްމާޓް ގަޑި ނެރެނީ
މައިކްރޮސޮފްޓް އެޖާއި ކްރޯމް "ތަޅާފޮޅުމެއްގައި"