ޗެޓްޖީޕީޓީއާ ވާދަކުރުމަށް ގޫގުލް އިން ތައާރަފްކުރި އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ޗެޓްބޮޓް، "ބާޑް" ގެ ޓްވިޓާ އިޝްތިހާރެއްގައި ނުބައި ޖަވާބެއް ދިނުމުން، ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ މާކެޓް ވެލިއު 100 ބިލިއަން ޑޮލަރު ދަށްވެއްޖެ އެވެ.
10 ފެބުރުއަރީ 2023
ޗެޓްޖީޕީޓީއާ ވާދަކުރުމަށް ގޫގުލް އިން ތައާރަފްކުރި އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ޗެޓްބޮޓް، "ބާޑް" ގެ ޓްވިޓާ އިޝްތިހާރެއްގައި ނުބައި ޖަވާބެއް ދިނުމުން، ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ މާކެޓް ވެލިއު 100 ބިލިއަން ޑޮލަރު ދަށްވެއްޖެ އެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި، އަލްފަބެޓްގެ ހިއްސާއެއްގެ އަގު ވެސް ނުވަ ޕަސެންޓު ވަނީ ދަށްވެފަ އެވެ.
މިދިޔަ ހޯމަ ދުވަހު ޓްވިޓާގައި އާންމު ކުރި ޗެޓްބޮޓްގެ އިޝްތިހާރުގައި ސައްހަ ނޫން މައުލޫމާތު ހުރި ކަން ފުރަތަމަ ރިޕޯޓުކުރީ ރޮއިޓާސް އިންނެވެ.
އެ އިޝްތިހާރުގައި ޗެޓްބޮޓާ ކުރާ ސުވާލަކަށް ޖަވާބު ދެމުން އެންމެ ފުރަތަމަ ދުނިޔޭގެ ޖައްވުން ބޭރުން އެހެން ޕްލެނެޓެއްގެ ފޮޓޯ ނެގީ ކޮން ސެޓެލައިޓެއްތޯ ސުވާލުކުރުމުން ދިނީ ނުބައި ޖަވާބެކެވެ. އެ ވީޑިއޯގައި ޗެޓްބޮޓުގެ ޖަވާބަކީ "ޖޭމްސް ވެބް ޓެލެސްކޯޕް" ނަމަވެސް، އެކްޒޯޕްލެނެޓްތަކުގެ ފުރަތަމަ ފޮޓޯތަކަކީ ޔޫރަޕިއަން ސަދަން އޮބްޒަވޭޓަރީގެ "ވެރީ ލާޖް ޓެލެސްކޯޕް (ވީއެލްޓީ)" އިން 2004 ވަނަ އަހަރު ނަގާފައިވާ ފޮޓޯތަކެއް ކަމަށް ނާސާއިން ކަށަވަރުކޮށްދީފައިވާ ކަމަށް ރޮއިޓާސް އިން ބުންޏެވެ.
Bard is an experimental conversational AI service, powered by LaMDA. Built using our large language models and drawing on information from the web, it’s a launchpad for curiosity and can help simplify complex topics → https://t.co/fSp531xKy3 pic.twitter.com/JecHXVmt8l
— Google (@Google) February 6, 2023
ސޮފްޓްވެއާ އެނަލިސްޓުން ބުނާގޮތުގައި، ޒަމާނުއްސުރެ އޭއައިގެ އުފެއްދުންތަކުގައި ކުރީގައި އުޅޭ ގޫގުލް އިން އޭއައި ކޮންވަޒޭޝަނަލް ޗެޓް ބޮޓެއް ގޫގުލްގެ ސާޗު އިންޖީނުގައި ހިމަނަންވީމާ ތިބެނީ ނިދާފަ އެވެ.
ފަހަކަށް އައިސް ގޫގުލް އަދި އަލްފަބެޓް ކުންފުނިން ތިބެނީ ބިރުން ކަމަށާއި އޯޕެން އޭއައި ފަދަ ކުންފުނިތަކާ އަރާ ހަމަކުރަން "ބާޑް" އިއުލާން ކުރުން އަވަސްކޮށްލީ ކަމަށް ސޮފްޓްވެއާ އެނަލިސްޓުން ބުނެ އެވެ.
"އެ މީހުންގެ ޑެމޯ ވީޑިއޯގައި ނުބައި ޖަވާބެއް ދިނުމަކީ ލަދުގަންނަން ޖެހޭ ކަމެއް،" ރޮއިޓާސްއާ ވާހަކަ ދެއްކި އެނަލިސްޓަކު ބުންޏެވެ.
މައިކްރޮސޮފްޓްގެ އިންވެސްޓުމެންޓަކާ އެކު އެމެރިކާގެ އޭއައި ރިސާޗު ކުންފުނި، "އޯޕެންއޭއައި" އިން އުފެއްދި ކޮންވަޒޭޝަނަލް ޗެޓްބޮޓް، ޗެޓްޖީޕީޓީއާ ފަދަ ޕްރޮޑަކްޓުތަކާ ވާދަކުރަން ގޫގުލް އިން މިދިޔަ އަންގާރަ ދުވަހު "ބާޑް" ތައާރަފްކޮށްފައި މި ވަނީ، ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ ކުންފުނީގެ ސާޗު އިންޖީނު އިނދަޖެހޭނެ ކަމުގެ ބިރު އޮތްކަމަށް ވާހަކަދެކެވެމުންދާ ދުވަސްވަރެއްގަ އެވެ.
ސާޗު އިންޖީނުތަކަށް ބޮޑު ބިރަކަށް ވެފައިވާ މި ދަނޑިވަޅުގައި، މައިކްރޮސޮފްޓުން ދާދި ފަހުން ވަނީ ޗެޓްޖީޕީޓީ އޭއައި، "ބިންގް" ސާޗު އިންޖީނުގައި ހިމަނާފަ އެވެ. އޭގެ ޑެމޯ އަދި ލިބެނީ ބައެއް ގައުމުތަކަށެވެ.
ގޫގުލް އިން "ޗެޓްޖީޕީޓީ" އާ ވާދަކުރަން ޗެޓް ބޮޓެއް
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު
ގޫގުލްގެ އިސް މީހަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި
އޭއައި ބޮޓުތަކުން ގޫގުލްގެ ދުވަސް ދުއްވާލަފާނެ؟
ޓެކް ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ ކީއްވެ؟
އޭއައި ސިސްޓަމެއްގައި އިހުސާސް ހުންނަ ކަމަށް ބުނެފި
ގޫގުލްގެ ސީއީއޯގެ މައްސަލައެއް ފުލުހުންނަށް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ގޫގުލް އިން އަންނަ އަހަރު ސްމާޓް ގަޑި ނެރެނީ